Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު ހެދީ ދޮގެއް

21 ޖޫން 2025 - 06:01 1

ކަނޑުއަޑީގެ ޓަނަލާއި ޓްރެއިން ދައްކުވައިދޭން އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު ހެދީ ދޮގެއް

21 ޖޫން 2025 - 06:01 1

ފުށިދިއްގަރުފަޅުގައި ހިއްކާ ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ފަންނީ އަދި އިނޮވޭޓިވް މަސައްކަތް ފެށިފައިވާ ކަމާއި ގާބިލް ކުންފުނިތަކާ އެކީގައި ފީސިބިލިޓީ ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވިޔަސް، އެފަދަ މަސައްކަތްތަކެއް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ނުދާކަން އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މާލެ-ރަސްމާލެ ޓަނަލްގެ ފީސިބިލިޓީ ހަދަން ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކާތޯ އޮޅުންފިލުވުމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފު ހުށަހެޅި ސުވާލަށް މިނިސްޓްރީން އިއްޔެ ދިން ޖަވާބުގައި ވަނީ ޓަނަލްއާ ގުޅޭ ޑެސްކް ސްޓަޑީގެ މަސައްކަތާއި، ޑީޓެއިލް އެސެސްމަންޓު އަދި ފީސިބިލިޓީ ރިޕޯޓް ހެދުމަށް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވާ ރިކުއާމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"[މިކަންކަމުގައި] މަޝްވަރާ ކުރެވެމުން ދަނީ މިނިސްޓްރީއާއެކު އެކި މަޝްރޫއުތަކުގައި މަސައްކަތްކުރައްވާ ކޮންސަލްޓެންޓުންނާ އެވެ. ވަކި ކުންފުންޏަކާއި މަސައްކަތް ހަވާލުކުރެވިފައެއް އަދި ނުވެއެވެ،" އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންވެ، ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުންފުނިތަކާއެކު ކުރަމުންދާކަމަށް ރައީސް ވިދާޅުވެ، ޖެނުއަރީ 22، 2024 ގައި ރައީސް މުއިއްޒު ހެއްދެވީ ދޮގެއްކަން މިނިސްޓްރީން ދިން މި ޖަވާބުން އެނގެ އެވެ.

"އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ޓްރެއިންގެ ސަބަބުން، ޓްރެއިންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފީސިބިލިޓީ މަސައްކަތް ފަށާފައި،"ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ، ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނަޔަކަށް އިތުރުވާނެ މަޝްރޫއެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް."

މިއަދުގެ މޫސުން


- އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ - ވައި ޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ - ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓަށް.

ނަމާދު ވަގުތު

  • ފަތިސް 04:37
  • އިރުއަރާ 05:55
  • މެންދުރު 12:12
  • އަޞްރު 15:35
  • މަޣްރިބް 18:20
  • ޢިޝާ 19:39

މުހިއްމު ބައެއް ހަބަރު