Advertisement

ރިސޯޓް ލީގު: އަރި ޒޯންގެ މެޗުތައް މިއަދު ފަށަނީ

20 ޖޫން 2025 - 11:48 0


ރިސޯޓް ލީގު: އަރި ޒޯންގެ މެޗުތައް މިއަދު ފަށަނީ

20 ޖޫން 2025 - 11:48 0

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ އަރި އަތޮޅު ޒޯނުގެ މެޗުތައް މިއަދު ހަވީރު ފަށާނެ އެވެ.

އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.

އަރި ޒޯނުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޗެމްޕިއަން ކޮންރެޑުން ނުކުންނާނީ ބާސެލޯއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 04:00 ގަ އެވެ. އަދި ދެވަނަ މެޗުގައި ވިލަމެންދޫ އިން ނުކުންނާނީ ކުރަމައްޗާ ދެކޮޅަށެވެ. މި މެޗު ފަށާނީ ހަވީރު 05:00 ގަ އެވެ.

މި ޒޯނުގެ ތިންވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ލިލީ ބީޗް އިން ނުކުންނާނީ ކޮންރެޑާ ދެކޮޅަށެވެ. އަދި ހަތަރުވަނަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ބާސެލޯ އިން ނުކުންނާނީ ވިލަމެންދޫއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ފަސްވަނަ މެޗުގައި ކުރަމަތި ނުކުންނާނީ ލިލީ ބީޗްއާ ދެކޮޅަށެވެ.

ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކޮންރެޑް ނޫން ޓީމަކުން މި ޒޯނުގެ ތަށި ނެގުނު ހަމައެކަނި ޓީމަކީ ވިލަމެންދޫ އެވެ.