Advertisement

ޔޯގާ ހަމަނުޖެހުން: މެންބަރު މުހައްމަދު އިސްމާއިލާއި ފަޒްލޫން އަދި ނިޝާނަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

17 ޖޫން 2025 - 19:18 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޔޯގާ ހަމަނުޖެހުން: މެންބަރު މުހައްމަދު އިސްމާއިލާއި ފަޒްލޫން އަދި ނިޝާނަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

17 ޖޫން 2025 - 19:18 1

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21, ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ.

ޕީޖީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެ އޮފީހަށް މުރާޖައާ ކުރުމަށް ހުށަހަޅާފައިވާ ދައުވާތައް މުރާޖައާ ކުރުމަށްފަހު، އެ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރި ކަމަށް ހެކި ގާރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ބިރުއްދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން 21 މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ޕީޖީން ވަނީ ނިންމައިފަ އެވެ.

މެންބަރު މުހައްމަދު އިސްމާއިލް ހިމެނޭ ގޮތަށް ހަތް މީހެއްގެ މައްޗަށް ޓެރަރިޒަމް އަމަލެއް ކުރުމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ ސާބިތުވިނަމަ އެ އެންމެންގެ މައްޗަށް 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެއިތުރުން ޝައިހް ނިޝާން އާއި ފަޒްލޫންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވިނަމަ، އެ ދެ ޝައިހުންނަށް 10 އަހަރާއި 15 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޔޯގާ މައްސަލައިގައި ޕީޖީން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ 15 މީހެއްގެ މައްޗަށް އަދި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލި އެވެ.

ނަމަވެސް އެ އޮފީހުން މައްސަލަތައް މުރާޖައާ ކުރުމަށްފަހު ނިންމީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލި ހަތް މީހެއްގެ މައްސަލަ އެވެ.

ޔޯގާ ދުވަހާއި ގުޅިގެން ޕީޖީން އުފުލި ދައުވާތަކުގެ ތެރެއިން ކުރިއަށް ގެންދަން ނިންމި ދައުވާތަކުގައި ހިމެނޭ މީހުންގެ ވަނަވަރު:

  • ‎ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާޢު
  • ‎ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
  • ‎ރ. ކަނދޮޅުދޫ، އަލަމާގެ، އަހްމަދު އަކްސަމް
  • ‎ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫހް
  • ‎މ. ކުދެހިގެ، ހަސަން ޝިފާޒު
  • ‎ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
  • ‎މއ. ކަނުހުރާ، މުޙައްމަދު ޒިލިއަން