Advertisement

ހުލާސާކޮށް އިއްޔެ: ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ހާއްސަކުރީ ޗައިނާގެ މަސައްކަތަކަށް!

17 ޖޫން 2025 - 06:00 0

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދިޔައިރު އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު އަދި ކުރީގެ ރައީސް ޔާމީން އެ މަސައްކަތް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ހާއްސަކުރީ ޗައިނާގެ މަސައްކަތަކަށް!

17 ޖޫން 2025 - 06:00 0

ގައުމީ ފެންވަރުގައި އަލަށް ފާހަގަކުރަން ނިންމި 'ދިވެހިރާއްޖޭގެ އިންޖިނޭރިން ދުވަސް' ޗައިނާގެ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަކުރައްވައިފި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު، 30، އަކީ އިންޖިނޭރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ރައީސް މުއިއްޒު ނިންމެވީ އިއްޔެ އެވެ. އެ ދުވަހަކީ ޗައިނާ ކުންފުންޏަކުން ޑިޒައިންކޮށް ތަރައްގީކުރި ސިނަމާލެ ބުރިޖު އިފްތިތާހުކުރި ދުވަހެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިފަދައިން ނިންމެވީ ސިނަމާލެ ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަށް ވާތީ އެ ދުވަހަކީ މިކަމަށް އެންމެ އެކަށީގެންވާ ދުވަސް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

މި ދުވަސް ފާހަގަކުރުމުގެ އެންމެހާ ކަންކަން ކުރަން ހަމަޖައްސާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރީއާ އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ވަނީ ހިޔާލު ފާޅުކޮށްފަ އެވެ. އެގޮތުން، ސިނަމާލެ ބުރިޖާއި ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ގުޅުވުމަކީ ޗައިނާގެ އިންޖިނޭރުން ފާހަގަކުރުން ކަމަށާއި މިއީ ދިވެހި އިންޖިނޭރުން ކުޑައިމީސްކުރުން ކަމަށް އެކަކު އެކްސްގައި ލިޔެފައިވެ އެވެ.

އަނެއް ބަޔަކު ބުނެފައިވަނީ މިއީ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތު އިސްކޮށް، އެމަނިކުފާނު މިނިސްޓަރުކަމުގައި ހިންގެވި މަޝްރޫއަކާ ގުޅުވަން ކުރެއްވި ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ދިވެހި އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމަށް އެހެން ދުވަހެއް ކަނޑައަޅަން ބައެއް މީހުން ގޮވާލާފައިވެސް ވެ އެވެ.

މީގެ އިތުރުން، މިއީ ރައީސް މުއިއްޒު އެންމެ އަޑުހަރުކޮށް ގެންގުޅުއްވާ ގައުމިއްޔަތުގެ ސިޔާސަތާ ދެކޮޅު ނިންމެވުމެއްކަން ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. އެކި ކަންކަމުގައި ރައީސް ދައްކަވާފައިވާ ގައުމިއްޔަތުގެ ވާހަކަތައް ފާހަގަވެ އެވެ.

އެގޮތުން ދިވެހިންގެ ގައުމިއްޔަތު ސަރުކާރުން އަދި ރައްޔިތުން ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެކަމާ ދެކޮޅު ވާ މީހުންނަކީ ގައުމީ ލޯބި ނެތް ބައެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވާފަ އެވެ.

މިއަދުގެ މޫސުން


- އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވޭ. މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ - ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ވައިޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލަށް. ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 35 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ. - އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. އުތުރުގެ އަތޮޅުތަކުގައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ. - ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި ހުންނާނީ 3 ފޫޓާއި 6 ފޫޓަށް އަދި ދެކުނުގެ އަތޮޅުތަކުގައި 1 ފޫޓާއި 3 ފޫޓަށް

ނަމާދު ވަގުތު

  • ފަތިސް 04:36
  • އިރުއަރާ 05:54
  • މެންދުރު 12:11
  • އަޞްރު 15:35
  • މަޣްރިބް 18:20
  • ޢިޝާ 19:38

މުހިއްމު ބައެއް ހަބަރު