Advertisement

ހޯލްސޭލްއަށް ހާއްސަކޮށްގެން ޕޮއިޒް ޖެނެރަލް ޓްރޭޑިންގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި

16 ޖޫން 2025 - 23:16 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހޯލްސޭލްއަށް ހާއްސަކޮށްގެން ޕޮއިޒް ޖެނެރަލް ޓްރޭޑިންގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި

16 ޖޫން 2025 - 23:16 1

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ޕާފިއުމްގެ ވިޔަފާރި ކުރާ ޕޮއިޒް އިން ހޯލްސޭލްއަށް އަމާޒުކޮށްގެން ޕޮއިޒް ޖެނެރަލް ޓްރޭޑިންގެ ނަމުގައި އާ ފިހާރައެއް މިރޭ ހުޅުވައިފި އެވެ.

ރަށްދެބައިމަގު، ބަރުބަރީ މިސްކިތް ކައިރީގައި ހުޅުވި ޕޮއިޒް ޖެނެރަލް ޓްރޭޑިން ފިހާރަ ހުޅުވައިދިނީ މަޝްހޫރު ކޮމީޑިއަން ހުސެއިން ޝާދު (މަޓޭ) އެވެ.

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޕޮއިޒް ޕާފިއުމްގެ ޑިރެކްޓަރު، އަބްދުﷲ އުޝާމް އަދަދު އަށް ވިދާޅުވީ 2008 ގައި ސެންޓުގެ ވިޔަފާރިން ޕޮއިޒް ފެށި ނަމަވެސް މިރޭ ހުޅުވި ފިހާރަ އާއެކު އެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އެގޮތުން މިރޭ އަލަށް ހުޅުވި ޕޮއިޒް ޖެނެރަލް ޓްރޭޑިން ފިހާރައިން މޭކަޕް ސާމާނާއި ގޭތެރެއަށް އާންމުކޮށް ބޭނުންވާ ސާފުކުރާ ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އާންމުގޮތެއްގައި ބޭނުންވާ ސާމާނު ހަމަ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުން، މި އައުޓްލެޓް ހުޅުވުމާއެކު އިތުރު ޕްރޮޑަކްޓްތަކެއް މިވަނީ ތައާރަފްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ އުޝާމް އިތުރަށް ވިދާޅުވީ ޕޮއިޒް ޖެނެރަލް ޓްރޭޑިންއިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އެއް އަގެއްގައި މުދާ ފޯރުކޮށްދޭނެ ކަމަށެވެ.

ޕޮއިޒް ޖެނެރަލް ޓްރޭޑިން ހުޅުވިއިރު، އެ ވިޔާފަރިން ވަނީ މުޅީން އާ ޕްރޮޑަކްޓުތަކެއް ވެސް މާކެޓަށް ނެރެފަ އެވެ. އޭގެތެރޭގައި ރާއްޖެއަށް މުޅީން އަލަށް ތައާރަފްކުރި ތުރުކީގެ މަޝްހޫރު ސިރު ބްރޭންޑުގެ ތަށި ދޮންނަ ސާމާނާއި އަންނައުނު ދޮންނަ ސޮފްނާގެ އުފެއްދުންތައް ހިމެނެ އެވެ.

ޕޮއިޒްއިން އަންނަނީ ނަން މަޝްހޫރު ޕާފިއުމްސްއާއި ސްކިން ކެއާ އަދި ހެއާ ކެއާގެ އޮރިޖިނަލް އުފެއްދުންތައް ވިއްކަމުންނެވެ.