Advertisement

އިރާނުގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު 8 އަށް

15 ޖޫން 2025 - 09:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިރާނުގެ ހަމަލާއެއްގައި ގެއްލުންވި އިޒްރޭލުގެ ގެތަކެއް: ހަމަލާތަކުގައި އިޒްރޭލުގެ 200 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ ----


އިރާނުގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު 8 އަށް

15 ޖޫން 2025 - 09:40 0

އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އިރާނުން ވޭތުވެދިޔަ ދެ ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިޒްރޭލުގެ އަދި ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނުގެ ހަމަލާތަކުގެ ސަބަބުން މަރުވި ކަމަށް މިހާތަނަށް ކަށަވަރުވެފައިވަނީ އަށް މީހެކެވެ.

އޭގެ އިތުރުން، 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ ފަރުވާދެމުންދާ ކަމަށާއި 35 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އިރާނުން ރޭ ފަތިހު ވެސް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ހަމަލާދިނެވެ.

އިރާނުން ހުކުރު ދުވަހުގެ ރޭގެ ހަމަލާތައް އަމާޒުކުރީ އިޒްރޭލުގެ ވެރިރަށް ޓެލް އަވީވަށެވެ. ރޭގެ ގިނަ ހަމަލާތައް އަމާޒުވީ ހައިފާ ސިޓީ އަށެވެ. އިޒްރޭލުގެ ވަރުގަދަ އެއާ ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލާ އިރާނުގެ މިސައިލްތައް އިމާރާތްތަކަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ވައިގެ ސަރަހައްދު އަދިވެސް ބަންދުކޮށްފައި އޮތްއިރު، އިރާނުން އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެ އެވެ. ރޭގެ ހަމަލާތަކަށްފަހު އިޒްރޭލުން ވެސް ދަނީ އިރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދެމުންނެވެ.

ހުކުރު ދުވަހު އިޒްރޭލުން ފުރަތަމަ ދިން ހަމަލާތަކުގެ އިރާނުގެ ނިއުކްލިއާ މިޝަންގެ އިސް ސައިންސްވެރިންނާއި އަސްކަރީ ކޮމާންޑަރުން މަރާލާފައިވެ އެވެ. އިޒްރޭލުން އަދި އެމެރިކާއިން ތުހުމަތުކުރަނީ އިރާނުން އެޓޮމިކް ބޮމެއް އުފައްދަމުން ކަމަށެވެ.

އިޒްރޭލުން މިފަދަ ހަމަލާތަކެއް ދޭން ފެށީ އިރާނުން ނިއުކްލިއާ މައުދަންތައް ފައްކާކުރުމަށް ހިންގާ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައި ވަނިކޮށެވެ. މިދިޔަ މަހާއި މި މަހުގެ ކުރީކޮޅު އެ ދެ ގައުމުން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.