Advertisement

16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ބަންގްލަދޭޝް އަތުން ބަލިވެ ޒުވާން ފިރިހެން ޓީމު ރޭންކިން މެޗަށް

15 ޖޫން 2025 - 05:19 0

އަތޫފް އާތިފް

އަތޫފް އާތިފް


16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ބަންގްލަދޭޝް އަތުން ބަލިވެ ޒުވާން ފިރިހެން ޓީމު ރޭންކިން މެޗަށް

15 ޖޫން 2025 - 05:19 0

ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގެ ލީގު ބުރުގެ ފަހު މެޗުގައި ޒުވާން ފިރިހެން ޓީމު، ބަންގްލަދޭޝް އަތުން ވެސް ބަލިވެއްޖެ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލިވީ 116-28 އިންނެވެ. ދެވަނަ މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 122-14 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 64-55 އިންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާ ފަށައިގެން ރާއްޖެއިން ލީޑުކޮށްގެން ކުޅުނުއިރު، މި ކުއާޓާގެ ފަހުކޮޅު ބަންގްލަދޭޝް އިން ވަނީ ގޭމުގެ ތެރެއަށް ވަދެ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މި ކުއާޓާ ނި،މުނީ 18-12 އިން ބަންގްލަދޭޝް ލީޑުގައި އޮވެގެންނެވެ.

އެކަމަކު ދެވަނަ ކުއާޓާގައި ރާއްޖެއިން ކުޅުން ރަނގަޅުކުރި އެވެ. މި ކުއާޓާ ރާއްޖެއިން ވަނީ 12 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާގައި ބަންގްލަދޭޝް އަށް ސްކޯކުރެވުނީ 10 ޕޮއިންޓް އެވެ. މި ކުއާޓާ ނިމުނީ 28-24 އިން ބަންގްލަދޭޝް ލީޑުގައި އޮވެގެންނެވެ.

ތިންވަނަ ކުއާޓާގައި ވެސް ރާއްޖެއިން ކުއާޓާ ފަށައިގެން ލީޑުކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ ފަހުކޮޅު ބަންގްލަދޭޝް އިން ވަނީ ކައިރި ކައިރީގައި ގިނަ ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާ ނިމުނީ 47-40 އިންނެވެ.

ފަހު ކުއާޓާގައި ވެސް ރާއްޖެއިން ވަނީ ބަންގްލަދޭޝް އަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އެކަމަކު ބަންގްލަދޭޝް އިން އެ ޓީމުގައި ތިބި ދިގު ކުޅުންތެރިންގެ ބޭނުން ހިފައި މެޗު 64-55 އިން ކާމިޔާބުކުރީ އެވެ.

މި މެޗުގައި ބަންގްލަދޭޝް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ކާރިމް ކާރިމް އެވެ.

މި ނަތީޖާއާއެކު ތިންވަނަ ހޮވާ މެޗުގައި މާދަމާ ރާއްޖެއިން ނުކުންނަން ޖެހޭނީ ވެސް ބަންގްލަދޭޝްއާ ދެކޮޅަށެވެ.