Advertisement

އެއާ އިންޑިއާ ފްލައިޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 270 އަށް

14 ޖޫން 2025 - 12:03 0


އެއާ އިންޑިއާ ފްލައިޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 270 އަށް

14 ޖޫން 2025 - 12:03 0

242 މީހުންނާއެކު އިންޑިއާގެ އަހުމަދުއާބާދުން ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ ބޮއިންގް 787 މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 270 އަށް އަރައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އެ މަތިންދާބޯޓު ވެއްޓުނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު އެވެ. ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ މޭގާނީ ސަރަހައްދަށެވެ.

މި ހާދިސާގައި ސަލާމަތްވީ ފްލައިޓުން ދަތުރުކުރި އެންމެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި ފްލައިޓުން ދަތުރުކުރި ބާކީ 241 މީހުންނާއި ވެއްޓުނު ސަރަހައްދުގައި ތިބި 29 މީހުން ހިމެނެ އެވެ.

ފްލައިޓު ވެއްޓުނު ސަބަބު ދެނެގަތުމަށް އަވަސް ތަހުގީގެއް ހިންގަމުންދާ ކަމަށް އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ވަނީ ބުނެފަ އެވެ.

ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ. އެ ބޯޓު ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓައިލީ ދުރު ދަތުރެއް ކުރުމަށް ކަމަށް ވާތީ ފުލްކޮށް ތެޔޮ އަޅައިގެންނެވެ.