13 ޖޫން 2025 - 21:14 0
އަތޫފް އާތިފް
ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
13 ޖޫން 2025 - 21:14 0
ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމުން ކުޅުނު ދެ ވަނަ މެޗުގައި އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު އިންޑިއާ އިން ކާމިޔާބުކުރީ 151-20 އިންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ކުއާޓާގައި ރާއްޖެ އަށް ސްކޯކުރެވުނީ އެންމެ ތިން ޕޮއިންޓެވެ. މި ކުއާޓާ އިންޑިއާ އިން ނިންމާލީ 41 ޕޮއިންޓް ސްކޯކޮށްގެންނެވެ.
ދެ ވަނަ ކުއާޓާގައި ވެސް އިންޑިއާ އިން ވަރުގަދަކޮށް ފެނިގެންދިޔައިރު، މި ކުއާޓާގައި އިންޑިއާ އިން ނިންމާލީ 79-12 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ތިން ވަނަ ކުއާޓާގައި އިންޑިއާ އިން އެ ޓީމުގެ ސެންޗަރީ ހަމަކުރިއިރު، މި ކުއާޓާ އިންޑިއާ އިން ނިންމާލީ 122-14 އިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ފަހު ކުއާޓާގައި ވެސް އިންޑިއާއިން ވަރުގަދަކޮށް ފެނިގެންދިޔައިރު، މި ކުއާޓާ އެ ޓީމުން ނިންމާލީ 151-20 އިންނެވެ.
މި މެޗުގައި އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ތޯހިދް ޝައިކް އެވެ. އޭނާ ވަނީ 20 ޕޮއިންޓް ސްކޯކޮށް 14 ރީބައުންޑް ނަގާފަ އެވެ.
މި މުބާރާތުގައި ރާއްޖެއިން ކުޅޭ ތިން ވަނަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
Comment