Advertisement

ހުއިފިލަނޑާގައި ކެންސަރާ ދުރުކޮށްދޭ މާއްދާއެއް

14 ޖޫން 2025 - 07:45 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ފޮލިޑާ ސީކިއުކަމްބާ


ހުއިފިލަނޑާގައި ކެންސަރާ ދުރުކޮށްދޭ މާއްދާއެއް

14 ޖޫން 2025 - 07:45 0

ކެންސަރު ބައްޔާ ދުރުކޮށްދޭ މާއްދާއެއް ހުއިފިލަނޑާގައި ހުރިކަން ސައިންސްވެރިން ހޯދައިފިއެވެ.

އެމެރިކާގެ މިސިސިޕީ ޔުނިވާސިޓީ އާއި ޖޯޖްޓައުން ޔުނިވާސިޓީ ގުޅިގެން ހުއިފިލަނޑާގެ ބާވަތެއް ކަމުގައިވާ 'ފްލޮރިޑާ ސީ ކިޔުކަންބާ' ދިރާސްކޮށް، އޭގެ 'ފޫކޮސައިލޭޓެޑް ކޮންޑްރޮއިޓިން ސަލްފޭޓް' ކިޔާ މޮލިކިއުލަކީ ކެންސަރުގެ ސެލްތައް ފެތުރުމަށް އެހީތެރިވާ 'ސަލްފް-2' އެންޒައިމްގެ މަސައްކަތް ހުއްޓުވާ މާއްދާއެއްކަން ވަނީ ކަށަވަރުކޮށްފަ އެވެ.

މި ދިރާސާގެ އެންމެ އުއްމީދީ އެއް ކަމަކީ ހުއިފިލަނޑާއިން ހޯދި މާއްދާއަކީ ރައްކާތެރި އެއްޗަކަށް ނުވުމެވެ. 'ސަލްފް-2' ހުއްޓުވުމަށް މިހާރު ބޭނުންކުރާ ބައެއް ފަރުވާތަކުން ލޭ ގަނޑުވުމަށް ހުރަސްއަޅައެވެ. މިއީ ކެންސަރު ބަލިމީހުންނަށް ވަރަށް ބޮޑު ނުރައްކަލެކެވެ.

ސައިންސްވެރިން ދިރާސާކުރި ހުއިފިލަނޑާގެ ބާވަތަކީ އޭޝިއާގެ ބައެއް ހިސާބުތަކުގައި ކާނާގެ ގޮތުގައި ބޭނުންކުރާ އެއްޗަކެވެ. ބޭސް އުފެއްދުމަށް ގިނަ އަދަދަކަށް އެތަކެތި ނެގުމަކީ ތިމާވެއްޓަށް ގެއްލުންހުރި ކަމަށް ވެދާނެ އެވެ.

މި ދިރާސާ ޝާއިއުކޮށްފައި ވަނީ ގްލައިކޯބަޔޮލޮޖީ ޖާނަލްގަ އެވެ.