Advertisement

16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ރާއްޖެ އަތުން ލަންކާ އަށް ފަސޭހަ މޮޅެއް

13 ޖޫން 2025 - 08:47 0

އަތޫފް އާތިފް

އަތޫފް އާތިފް

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ރާއްޖެ އަތުން ލަންކާ އަށް ފަސޭހަ މޮޅެއް

13 ޖޫން 2025 - 08:47 0

ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ މައްޗަށް ސްރީ ލަންކާ އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ލަންކާ އިން ކާމިޔާބުކުރީ 116-28 އިންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާ ލަންކާއިން ނިންމާލީ 33-08 އިން ލީޑުކޮށްގެންނެވެ. ލަންކާ އިން ވަނީ ދެވަނަ ކުއާޓާގައި ވެސް ރާއްޖެ ކޮޅަށް 33 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާގައި ވެސް ރާއްޖެ އަށް ސްކޯކުރެވުނީ 08 ޕޮއިންޓްއެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މި ކުއާޓާގައި ލަންކާ އިން 31 ޕޮއިންޓް ސްކޯކުރިއިރު، ރާއްޖެ އަށް ސްކޯކުރެވުނީ އެންމެ 02 ޕޮއިންޓެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ފަހު ކުއާޓާގަ އެވެ. މި ކުއާޓާގައި ރާއްޖެއިން ވަނީ 10 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި ކުއާޓާގައި ވެސް ލަންކާއިން ލީޑުކޮށްގެން ކުޅުނުއިރު، މި ކުއާޓާގައި އެ ޓީމުން ވަނީ 19 ޕޮއިންޓް ސްކޯކޮށްފަ އެވެ.

މި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ އައިދިން ޔޫނުސް ހަސަން އެވެ. ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޖެރާލްޑް އާރޮން އެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.