Advertisement

ރާއްޖެއިން ބޭރުން އައިއިރު ދެ ކާޓަން ސިނގިރޭޓު ގެނައުމުން ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޖޫރިމަނާކޮށްފި

11 ޖޫން 2025 - 21:39 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ފަޒީލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރާއްޖެއިން ބޭރުން އައިއިރު ދެ ކާޓަން ސިނގިރޭޓު ގެނައުމުން ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޖޫރިމަނާކޮށްފި

11 ޖޫން 2025 - 21:39 4

ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އެނބުރި ގައުމަށް އައިއިރު ސިނގިރޭޓު ދެ ކާޓަން ގެނައުމުން ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ފަޒީލް ޖޫރިމަނާކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ފަޒީލް ޖޫރިމަނާ ކުރީ އޭނާގެ ލަގެޖުން ދެ ކާޓަން ސިނގިރޭޓާއި ސިނގިރޭޓު ފޮށްޓެއް ފެނުމުންނެވެ. ފަޒީލް ޖޫރިމަނާ ކުރީ 80،000ރ. އިންނެވެ.

އެކަމާ ގުޅިގެން ބަހެއް ހޯދުމަށް ފަޒީލްއަށް ގުޅުމުން އޭނާ އެކަން ދޮގެއް ނުކުރައްވަ އެވެ. ފަޒީލް ވިދާޅުވީ އެ ސިނގިރޭޓު ގެނައީ ވަގަށް ކަމެއް ކުރުމުގެ ނިިޔަތުގައި ނޫން ކަމަށާއި އެގޮތަށް އެކަންވީ އަލަށް ފާސްކުރި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހަކީ ނޮވެމްބަރު 1، އިން ކަން ހަނދާނުން ކައްސާލުމުން ކަމަށެވެ.

"އަޅުގަނޑު ސިނގިރޭޓު ގެނައީ ވަގަށް ކަމެއް ކުރުމުގެ ނިޔަތަކު ނޫން، އެކަމަކު އަޅުގަނޑަށް އެކަން ކުރެވުމުން ވެސް ފިޔަވަޅު އެޅުމުން އެނގެނީ މި ސަރުކާރުން ވަކި މީހެއްގެ މޫނަށް ކަނދުރާއަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރާނެކަން،" ފަޒީލް ވިދާޅުވި އެވެ.

މެއި 13، ގައި މަޖިލީހުން ފާސްކޮށް މެއި 21، ގައި ރައީސް ތަސްދީގުކުރެއްވި އިސްލާހުގައި ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން، އެމީހުންގެ އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ގެނައުން ވަނީ ހުއްދަ ކޮށްފަ އެވެ. އެ އިސްލާހުގައި "ފަސިންޖަރުން" މާނަ ކޮށްފައި ވަނީ ބޭރު މީހުންނާއި ދިވެހީން ވެސް ހިމެނޭ ގޮތަށެވެ. އެހެންކަމުން ނޮވެމްބަރު 1، ގެ ފަހުން ރާއްޖެއިން ބޭރުން އަންނަ މީހުންނަށް، އެމީހުންގެ އަމިއްލަ ބޭނުމަށް ދުންފަތް ރާއްޖެއަށް ގެނެވޭނެ އެވެ.