Advertisement

އަތުލައިގަތް މަސްތުވާތަކެތީގެ ތަހުގީގަށް ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

11 ޖޫން 2025 - 21:14 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ރޭ އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް


އަތުލައިގަތް މަސްތުވާތަކެތީގެ ތަހުގީގަށް ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

11 ޖޫން 2025 - 21:14 2

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ރޭ އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތި ކްލިއާ ކުރަން އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަދަދު އަށް ބުނީ ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"އެ މައްސަލައިގައި ފުލުހުން ބެލުމުގެ ދަށަށް ގެނެވިފައި ވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް މީހެއް، އެއީ އެ ތަކެތި ކްލިއާ ކުރަން އެއާޕޯޓަށް ދިޔަ މީހާ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރޭ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތީ ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ ކެނަބިނޮއިޑްސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަކީ 26 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތި ރާއްޖެއަށް ގެނައީ ކާކު ކަމެއް ކަސްޓަމްސްއިން އަދިވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މައުލޫމާތަކީ ކަސްޓަމްސްއަށް އެނގޭނެ މައުލޫމާތެކެވެ.

އެ އޮޕަރޭޝަނާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުން ބޯޑަރު ބެލެހެއްޓުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.