Advertisement

ފިހާރައަކުން 16 މަސްދަޅު ވަގަށް ނެގި މީހަކާ ފުލުހުން ސުވާލު ކުރުމުން ބުނީ ވައްކަން ކުރެވުނީ ކަމަށް

11 ޖޫން 2025 - 11:58 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުންގެ ވެހިކަލެއް: މަސްދަޅުތަކެއް ވަގަށް ނެގި މީހަކާ ފުލުހުން ސުވާލު ކުރުމުން ބުނީ ވައްކަން ކުރެވުނީ ކަމަށް --


ފިހާރައަކުން 16 މަސްދަޅު ވަގަށް ނެގި މީހަކާ ފުލުހުން ސުވާލު ކުރުމުން ބުނީ ވައްކަން ކުރެވުނީ ކަމަށް

11 ޖޫން 2025 - 11:58 3

މާލޭގެ ފިހާރައަކުން 16 ތެޔޮ މަސްދަޅު ވަގަށް ނެގި މީހަކާއި ފުލުހުން ސުވާލުކުރުމުން ބުނީ ވައްކަން ކުރެވުނީ ކަމަށެވެ.

ވައްކަމުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ގދ. ގައްދޫ، އަބްދުﷲ ސަމީރު، 59، ކަމަށްވާއިރު، އޭނާ ފުލުހުން ހައްޔަރުކުރީ މަސްދަޅުތައް ވަގަށް ނެގި ފިހާރަ ތެރޭގައި ހިފަހައްޓާފައި ހުއްޓަ އެވެ.

އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

"ފުލުހުން އަބްދުﷲ ސަމީރުއާ ސުވާލުކުރުމުން، އޭނާއަށް ވައްކަން ކުރެވުނީ ކަމަށް ބުނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވޭ،" ކްރިމިނަލް ކޯޓުގެ އަމުރުގައި ބުންޏެވެ.

މީގެއިތުރުން ވީހާވެސް ކުރު މުއްދަތެއް ދިނުމަށް ވެސް ކޯޓުގައި އޭނާ އެދުނެވެ.

އަބްދުﷲ ސަމީރުގެ ބަންދު ލޮގަށް ބަލާއިރު، ކުށުގެ ތުހުމަތުގައި 26 ފަހަރު ހައްޔަރުކޮށް، 16 ފަހަރު ބަންދަށް ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރެއިން ވައްކަމުގެ މައްސަލަތައް ގިނަ އަދަދަކަށް ހުއްޓެވެ.

މާލޭގައި ހިންގާ ވައްކަމުގެ މައްސަލަތައް ކަންބޮޑުވާން ޖެހޭ މިންވަރަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ މަހު އެކަނިވެސް ވައްކަމުގެ 310 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.