ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު ނިޔާވެއްޖެ އެވެ.
ރަޝީދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައިކަން ވަނީ އެނގިފަ އެވެ. މިރޭގެ މަގްރިބު ނަމާދަށް ފަހު ރަޝީދުގެ މައްޗަށް ކަށުނަމާދު ކުރާނެ އެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވީ އޭރު ވެރިކަން ކުރަމުންދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގަ އެވެ. މަޖިލީހުގެ ދައުރުގެ ތެރޭގައި އޭނާ ވަނީ މާލިއްޔަތު ކޮމިޓީ، 241 ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ގައުމީ ތަރައްގީގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
Comment