Advertisement

ގާޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓު ހުއްޓުވައި އޭގައި ތިބި އެންމެން އިޒްރޭލުން ވަގަށް ނަގައިފި

9 ޖޫން 2025 - 11:45 0


ގާޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓު ހުއްޓުވައި އޭގައި ތިބި އެންމެން އިޒްރޭލުން ވަގަށް ނަގައިފި

9 ޖޫން 2025 - 11:45 0

ފަލަސްތީނުގެ ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ފްރީޑަމް ފްލޯޓިއްލާ ހުއްޓުވައި އޭގައި ތިބި 12 މީހުން އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ވަގަށް ނަގައިފި އެވެ.

"މެޑްލީން" ނަމަކަށް ކިޔާ މި ބޯޓު ދަތުރުކުރަމުންދިޔައީ އިނގިރޭސިވިލާތުގެ ދިދައިގެ ދަށުންނެވެ. މިއީ ގާޒާއަށް ބޭނުންވެފައިވާ އަވަސް އެހީ ފޯރުކޮށްދިނުމަށާއި އިޒްރޭލުން ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާ ހުއްޓުވުމަށް ގޮވާލައި ދަތުރުކުރި ބޯޓެކެވެ.

އެހެން ނަމަވެސް ބޯޓު އެއްގަމާ ކައިރި ކުރެވުމުގެ ކުރިން ރޭގަނޑުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ބޯޓަށް ވަނީ އަރާފަ އެވެ. އަދި ފަހުން އިޒްރޭލުގެ ހާރިޖީ ވުޒާރާއިން ވަނީ އެ ބޯޓު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައި ކަމަށް ބުނެފަ އެވެ.

ބޯޓުގައި ތިބި މީހުންގެ ތެރޭގައި ސްވީޑެންގެ ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތުންބާގު އަދި ޔޫރަޕިއަން ޕާލިމެންޓްގެ މެންބަރެއް ކަމަށްވާ ރިމާ ހަސަން ހިމެނެ އެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ވަނީ މިހާތަނަށް ފަލަސްތީނުގެ 54،000 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. މަރާލި މީހުންގެ އަދަދު 61،700 އަށް އަރާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 120،000 އަށް އަރާ ކަމަށް ވެސް ލަފާ ކުރެވެ އެވެ.