Advertisement

ފުލުހުންގެ ވަޒީފާއަށް ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދަނީ

8 ޖޫން 2025 - 19:23 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފުލުހުންގެ ވަޒީފާއަށް ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދަނީ

8 ޖޫން 2025 - 19:23 1

ފުލުހުންގެ ވަޒީފާއަށް ހަޔާ ޓެކްނިކަލް ސަޕޯޓް އޮފިސަރުންގެ މަގާމުގައި ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް އެދި ހުށަހަޅާ މީހުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު ޖޫން 16، ގެ ހަވީރު 4:00 ޖެހުމުގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށް ހުށަހަޅަން ވަނީ އެދިފަ އެވެ.

ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

މަގާމުގެ ޝަރުތުތައް:

  • ކޮންޕިއުޓާ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލު ކުރުން. ނުވަތަ،
  • ކޮމްޕިއުޓާ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއިން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއް ކަމުގައިވުން.
  • 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހަކަށްވުން.
  • އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތްފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމަންޓް ސިސްޓަމްތަކާއި، އިންޓްރޫޝަން ޑިޓެކްޝަން ސިސްޓަމް އަދި އިންޓްރޫޝަން ޕްރިވެންޝަން ސިސްޓަމްތައް ފަދަ އެކި ވަސީލަތްތަކުން ލިބޭ ސެކިއުރިޓީ އިންޒާރުތައް މެދުނުކެނޑި މޮނިޓާކުރުން.
  • ސެކިއުރިޓީ އިންޒާރުތަކުގެ ނުރައްކާތެރިކަމާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް ދެނެގަނެ، އެ އިންޒާރުތަކުގެ އިނީޝިއަލް ޓްރައިއޭޖް ކަނޑައެޅުން.
  • ޔަގީންކުރެވިފައިވާ ނުވަތަ ޝައްކު ކުރެވޭ ސެކިއުރިޓީ ހާދިސާތައް، ސީނިއާ ސެކިއުރިޓީ އެނަލިސްޓް ނުވަތަ ހާދިސާތަކަށް އިޖާބަދޭ ފަރާތްތަކަށް އަންގައި، އެކަމުގެ ސީރިއަސްކަން ކުޑަކުރުމަށް މަސައްކަތް ކުރުން.
  • ފޯލްސް ޕޮިޒިޓީވްސް ދެނެގަނެ، ފިޔަވަޅު އެޅޭނެ ކަހަލަ އިންޒާރުތައް ނޫން އެހެނިހެން އިންޒާރުތައް ވަކިކުރުން.
  • ތަފްސީލް ހާދިސާ ރިޕޯޓެއް ތައްޔާރު ކުރުމާއި، ހާދިސާ ހިނގުމަށްފަހު ކުރެވޭ މުރާޖާތަކާއި އެއިން ލިބުނު ފިލާވަޅުތަކުގައި ބައިވެރިވެ އެކަންކަން ހިއްސާކުރުން.
  • މޮނިޓާ ކުރެވުނު ހުރިހާ އިންޒާރުތަކާއި އެޅުނު ފިޔަވަޅުތަކުގެ ސައްހަ އަދި ތަފްސީލް ރެކޯޑުތައް ބެލެހެއްޓުން.

ސެކިއުރިޓީ އެނަލިސްޓުންނަށް ކުރިމަތިލާ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވުމާއެކު، ކުރިމަތިލާ މީހުންނަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު ނުވަތަ ބެކްރައުްޑް އެސަސްމަންޓުން ފާސްވާން ޖެހެ އެވެ.