Advertisement

ހުލާސާކޮށް އިއްޔެ: ސީޕީއަކު އައްޔަން ކުރުން ފަހު މަރުހަލާގައި

7 ޖޫން 2025 - 06:31 0

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލައްވަފައިވާ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު، މިހާރު އެކްޓިން ކޮމިޝަނަރަކަށް ހުންނެވި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ނަވީން އަދި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު ޝަމީމް


ހުލާސާކޮށް އިއްޔެ: ސީޕީއަކު އައްޔަން ކުރުން ފަހު މަރުހަލާގައި

7 ޖޫން 2025 - 06:31 0

ޕޮލިސް ކޮމިޝަނަރު (ސީޕީ) ގެ މަގާމަށް ކުރިމަތިލީ އެންމެންނާ އިންޓަވިއުކޮށް ދީފައިވާ މާކްސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީއަށް ބުދަ ދުވަހު ފޮނުވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސީޕީގެ މަގާމަށް ކުރިމަތިލި މިހާރުގެ އެކްޓިން ކޮމިޝަނަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމްގެ ތެރެއިން ބޭފުޅަކު ހޮވާނީ އީދު ބަންދަށްފަހު އެވެ.

"މާކްސްތައް ބުދަ ދުވަހު ފޮނުވައިފި. އީދު ބަންދަށްފަހު އެކަމާ ގުޅިގެން ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައި،" އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއިން ސީޕީގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރުންގެ މަތީގެ މަގާމުތަކުގެ އޮފިސަރުންނެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށް ޕޮލިސް ބޯޑުން ވަޒަންކުރެ އެވެ. ބޯޑުން ވަޒަންކުރުމަށްފަހު ފޮނުވާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާ އޮފިސަރަކު ކަނޑައަޅާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހުރިއްޔާ އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާދެއްވުމުންނެވެ. އޭޕްރީލް 26، ގައި އޭނާ އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާއެއް ވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ހަވާލުކުރަން ހޯމް މިނިސްޓަރު ނިންމެވި އެވެ.

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ދަރިފުޅު އަންހެން ކުއްޖަކު ރޭޕުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ނައްތާލިކަމަށް ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތުމުންނެވެ.

މިއަދުގެ މޫސުން


- ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު - ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 15 މޭލަށް. - އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. - ދެކުނުގެ އަތޮޅުތަކުގައި ރާޅު ހުންނާނީ 2 ފޫޓާއި 4 ފޫޓު އުސްމިނުގައި. އުތުރާއި މެދުރާއްޖެތެރެއަށް 3 ފޫޓާއި 5 ފޫޓު

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:52
  • މެންދުރު 12:09
  • އަޞްރު 15:32
  • މަޣްރިބް 18:17
  • ޢިޝާ 19:35

މުހިއްމު ބައެއް ހަބަރު