7 ޖޫން 2025 - 10:36 1
ލީވާން އަލީ ނާސިރު
7 ޖޫން 2025 - 10:36 1
މާލޭގައި ވެހިކަލް ދުއްވުން މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް، ތިން ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި އިއްޔެ މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާކުރީ ހަވީރު 4:00 އިން އިރުއޮއްސި 6:00 ޖެހުމާ ހަމައަށެވެ.
ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި ތިން ވެހިކަލެއް ޓޯކުރީ ލައިސަންސް މުއްދަތު ހަމަވެފައިވާ މައްސަލައަކާއި، ނުރައްކާތެރިކޮށް ދުއްވި މައްސަލައެއްގެ އިތުރުން ލައިސަންސް ނެތި ދުއްވި މައްސަލައެއްގައި ކަމަށެވެ.
މީގެއިތުރުން ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދިނުމަށްފަހު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ.
ވެހިކަލް ދުއްވުން މަނާ ވަގުތުގައި ޒަރޫރީ ބޭނުންތަކަށް ހާއްސަ ހުއްދައެއް ނަގައިގެން ވެހިކަލް ދުއްވަން ފުރުސަތު ދިނެވެ.
Comment