Advertisement

މާމިގިލީގެ ހަތް ތަނެއް ބަލައިފާސްކޮށް ނުވަ ގްރާމް މަސްތުވާތަކެތި އަތުލައިގެންފި

3 ޖޫން 2025 - 10:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާމިގިލިން ހައްޔަރުކުރި ފަސް މީހުންގެ ފޮޓޯ އާއި ވަނަވަރު --- ފޮޓޯ: ފުލުހުން


މާމިގިލީގެ ހަތް ތަނެއް ބަލައިފާސްކޮށް ނުވަ ގްރާމް މަސްތުވާތަކެތި އަތުލައިގެންފި

3 ޖޫން 2025 - 10:57 0

އދ. މާމިގިލީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ރަށުގެ ހަތް ތަނެއް ބަލައިފާސްކޮށް ނުވަ ގްރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އެ އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ފަސް މީހެކެވެ. އެ ފަސް މީހުން ހައްޔަރުކުރީ އެ ރަށުގެ ހަތް ތަނެއް ބަލައިފާސްކުރުމަށްފަހު އެވެ.

މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނަކީ 9.98 ގްރާމެވެ. އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަން ފުލުހުން ނުބުނެ އެވެ.

މާމިގިލިން ހައްޔަރުކުރި ފަސް މީހުން:

  • އދ. މާމިގިލި، ރީފްސައިޑް، ރިސްވާން އިބްރާހިމް، 30،
  • އދ. މާމިގިލި، ވިލެޖް، އަހުމަދު ފިރުޝާން، 28،
  • އދ. މާމިގިލި، ރޯޅި، މުހައްމަދު ޝަހުދު، 27،
  • އދ. މާމިގިލި، ކުވައިތު، މުހައްމަދު މަހްމޫދު، 34،
  • އދ. މާމިގިލި، އެވަރެސްޓް، އަލީ ޝަނީޒް، 39،

މި މީހުންގެ ތެރެއިން ރިސްވާން އަދި މަހްމޫދުގެ ބަންދަށް ކޯޓުން ޖަހާފައިވަނީ 15 ދުވަހެވެ. ދެން ތިބި ތިން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. ފުލުހުން ބުނީ މި މައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލެ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން އަބަދުވެސް އޮޕަރޭޝަންތަކެއް ހިންގަމުންދެ އެވެ.

ފުލުހުން އަދި ސަރުކާރުން ބުނާ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އުފުލާ ގޮތަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ކޮވިޑަށް ފަހު ކުރިން ބޮޑެތި އަދަދުތަކުން އެއްފަހަރާ އެތެރެކޮށް އުފުލަމުންދިޔަ މަސްތުވާތަކެތި އުފުލާ ބަރުދަނާއި އަދަދު މަދުވެފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.