Advertisement

ސީޕީގެ މަގާމަށް ނަވީންގެ އިތުރުން ފަރުހާދު އަދި ޝަމީމް ކުރިމަތިލައިފި

2 ޖޫން 2025 - 12:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސީޕީގެ މަގާމަށް ނަވީންގެ އިތުރުން ފަރުހާދު އަދި ޝަމީމް ކުރިމަތިލައިފި

2 ޖޫން 2025 - 12:55 0

ޕޮލިސް ކޮމިޝަނަރު (ސީޕީ) ގެ މަގާމަށް މިހާރުގެ އެކްޓިން ކޮމިޝަނަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމް ކުރިމަތިލައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ހޯމް މިނިސްޓްރީން މިދިޔަ މެއި 27، ގައި ކުރި އިންޓާނަލް އިއުލާނުގެ މުއްދަތު މިއަދު މެންދުރު 12:00 ޖެހިއިރު ހަމަވިއިރު އެ މަގާމަށް ކުރިމަތިލީ ނަވީން، ފަރުހާދު އަދި ޝަމީމް އެކަންޏެވެ.

ފުލުހުންގެ ތެރެއިން ސީޕީގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރުންގެ މަތީގެ މަގާމުތަކުގެ އޮފިސަރުންނެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކޮށް ޕޮލިސް ބޯޑުން ވަޒަންކުރެ އެވެ. ބޯޑުން ވަޒަންކުރުމަށްފަހު ފޮނުވާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާ އޮފިސަރަކު ކަނޑައަޅާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހުރިއްޔާ އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާދެއްވުމުންނެވެ. އެޕްރީލް 26، ގައި އޭނާ އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާއެއް ވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ހަވާލުކުރަން ހޯމް މިނިސްޓަރު ނިންމެވި އެވެ.

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ދަރިފުޅު އަންހެން ކުއްޖަކު ރޭޕުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ނައްތާލިކަމަށް ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތުމުންނެވެ.