2 ޖޫން 2025 - 09:45 0
މުހައްމަދު ޝަހްޒާން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: ސަފީރުންނަށް ރުހުން ދެނީ މަޖިލީހުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
2 ޖޫން 2025 - 09:45 0
ނޭޕާލާއި އަޔާލޭންޑުގެ އިތުރުން ޔޫކްރެއިންއަށް ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ، މ. ބީނާފުށި ގެ ނަމެވެ.
އަޔާލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވެވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް، ހ. އޯކިޑް ގެ ނަމެވެ.
ޔޫކްރެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، މ. ގީލާ ވިލާ ގެ ނަމެވެ.
ނޮން ރެޒިޑެންޓު ސަފީރުންނަކީ އެއްވެސް މުސާރައެއް އުޖޫރައެއް ލިބޭ ގޮތަށް އައްޔަނުކުރެވޭ މަގާމުތަކެއް ނޫނެވެ.
Comment