Advertisement

ހުލާސާކޮށް އިއްޔެ: ވިޔަފާރިވެރިން ދެކެ މުއިއްޒު އަންނަ ރުޅި ދުވަހެއް ދުވަހަށް މައްޗަށް

1 ޖޫން 2025 - 06:00 0

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ވިޔަފާރިވެރިން ދެކެ މުއިއްޒު އަންނަ ރުޅި ދުވަހެއް ދުވަހަށް މައްޗަށް

1 ޖޫން 2025 - 06:00 0

ރާއްޖޭގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރިންގެ އޮތީ ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދައެއް ކަމަށް ވިދާޅުވެ އެ އާދައިން ދުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިތަކަށް އިއްޔެ ގޮވާލެއްވި އެވެ.

މިއީ ވިޔަފާރިތަކުން ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އަމަލު ކުރަމުންދާ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެ އެތައް ބަޔަކު ތަކުލީފުތަކެއް އުފުލަން ޖެހުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ބޭސް މަދުވެ ރާއްޖެ ބޭހަށް ޖެހުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށް ފެބްރުއަރީ މަހު ރައީސް ވިދާޅުވި އެވެ.

އިއްޔެ ޕީއެސްއެމްއަށް ރައީސް ދެއްވި އިންޓަވިއުގައި ވެސް ވަނީ ވިޔަފާރިތަކަށް ބަހުގެ ހަމަލާއެއް އަމާޒު ކުރައްވާފަ އެވެ. އައިނު ވިޔަފާރިތަކުން "ފީކަޅާ ދުނިގަނޑު" ވިއްކާތީ އައިޖީއެމްއެޗު މެދުވެރިވެ ސަރުކާރުން އައިނު ވިއްކަން ފަށާނެކަން އެ އިންޓަވިއުގައި ރައީސް އިއުލާނު ކުރެއްވި އެވެ.

"ޕްރައިވެޓް ސެކްޓަރުގެ އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވާލަން. އެހެންވެ ސިނގިރޭޓު ބިޒްނަސް ވެސް ހުއްޓާލާފައި އެހެން ކަމަކާ ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް ރައީސް މުއިއްޒު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާ ވިޔަފާރިވެރިޔަކު ވެސް އެއް އަހަރު ދުވަސް ފަހުން އޮޑިދޯނިފަހަރު ބަންނަ މަންޒަރު ފެންނަ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައި ވެއެވެ.

ސަރުކާރުން އަނެއްކާ ވެސް އާ ވިޔަފާރިއެއްގެ ތެރެއަށް ވަންނާނެކަން ރައީސް މުއިއްޒު މިއަދު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވެސް އެބަހުއްޓެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މިނިވަން ވިޔަފާރިތަކަށް ރައީސް މުއިއްޒު ގެންދަވަނީ ދޭތެރެ ދޭތެރެއިން ޕޯޑިއަމްތަކުގައި އިންޒާރު ދެއްވަމުންނެވެ. އެގޮތުން، ބައެއް ވިޔަފާރިތައް "ސިންގަލް އައުޓް" ކޮށް "އެހެން ކަމަކައިގެން އުޅެން" ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ މޫސުން


- ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުރުން އެކަށީގެންވޭ. - ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި23 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 15 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް. - އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. - ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 2 މޭލާއި 4 ފޫޓު އުސްމިނުގައި. އުތުރާއި މެދުރާއްޖެތެރެއަށް 3 ފޫޓާއި 6 ފޫޓު

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:52
  • މެންދުރު 12:08
  • އަޞްރު 15:30
  • މަޣްރިބް 18:16
  • ޢިޝާ 19:34

މުހިއްމު ބައެއް ހަބަރު