Advertisement

ޕާޓޭ، އާސެނަލް ދޫކޮށްލަން ތައްޔާރުވަނީ

18 ޖޫން 2025 - 11:38 0


ޕާޓޭ، އާސެނަލް ދޫކޮށްލަން ތައްޔާރުވަނީ

18 ޖޫން 2025 - 11:38 0

ލަންޑަން (ޖޫން 18) - އާސެނަލަށް ކުޅެމުން އަންނަ ގާނާ ގައުމީ ޓީމުގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭ، އެ ކްލަބާ އެކު ހަދާފައި އޮތް އެއްބަސްވުން އާ ނުކޮށް، އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާސެނަލް އަށް މިދިޔަ ސީޒަނުގައި ޕާޓޭ، 32، ވަނީ 52 މެޗު ކުޅެދީފަ އެވެ. އާސެނަލާ އެކު، ޕާޓާ ހަދާފައި އޮތް އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކޮންޓްރެކްޓް އާ ކުރަން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއްގައި ކުރިއެރުމެއް ލިބިފައިނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އެތުލެޓިކޯ މެޑްރިޑް ދޫކޮށް، 2020 ވަނަ އަހަރު 55 މިލިއަން ޑޮލަރަށް އާސެނަލަށް ބަދަލުވި ޕާޓޭ އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ނުުކުރަން ނިންމީ، ހުށަހެޅި މުސާރަ ކުޑަވުމުންނެވެ. އަދި، އާސެނަލުން މުސާރަ ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަމެއް ނުދޭއިރު، އެ މަގާމަށް ކުޅެން، ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީގެ ޑީލް ކުރިއަށްގެންދާތީ، ޕާޓޭ އަންނަނީ ކުރިމަގާ ގުޅޭގޮތުން، އެހެން ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.

އެ ގޮތުން، ތުރުކީ ސުޕަ ލީގުގެ، ފެނަބާޗޭ އާއި ގަލަތަރަސާއީގެ އިތުރުން ޕާޓޭ ހޯދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ މަސައްކަތް ފަށާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔޫރަޕްގެ ކްލަބްތަކުގެ އިތުރުން ޕާޓޭ ހޯދަން ސައުދީގެ ބޮޑެތި ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.