Advertisement

ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު ހައްޔަރުކޮށްފި

28 މޭ 2025 - 13:49 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ދަރިވަރަށް އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު: އޭނާ ހައްޔަރުކުރީ އިއްޔެ -- ފޮޓޯ: ކިޔުންތެރިއެއް


ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު ހައްޔަރުކޮށްފި

28 މޭ 2025 - 13:49 0

ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލި ގޮތަށް ހުޅުން ނައްޓާލި ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތު ކުރެވޭ އިންޑިއާ ޓީޗަރު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހެނދުނު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ބަންދުކުރީ ކިތައް ދުވަހަށް ކަމެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާއަށް ވަނީ ފަރުވާ ދީފަ އެވެ. މިކަމާ ގުޅިގެން ޓީޗަރު ދިފާއުކޮށް އެޑިއުކޭޝަން މިނިސްޓްރީން ބައެއް ނޫސްތަކަށް ކޮމެންޓު ދީފައި ވީ ނަމަވެސް މި ނޫހުން ގުޅުމުން އެ މިނިސްޓްރީގެ އޮފިޝަލުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިސްމާނީ އަނިޔާ ދިން ބައެއް މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި، ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖެއްގެ ބޮލުގައި ދަގަނޑު ފެންފުޅިއަކުން ޖެހި މައްސަލައެއް ހިމެނެ އެވެ.

އޭގެ އިތުރުން، ސްޕީޗް ތެރަޕީ ހަދަން ގެންދިޔަ އޯޓިސްޓިކް ކުއްޖަކަށް އަނިޔާކޮށް އޭނާއަށް ކަތުރަކުން ހަމަލާދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ދެ ބިދޭސީން ހައްޔަރުކޮށްފަ އެވެ.