Advertisement

ދެ ޖެޓްސްކީ ހޯދަން ކުރި އިއުލާން ޑިފެންސުން ބާތިލުކޮށްފި

28 މޭ 2025 - 10:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން: ދެ ޖެޓްސްކީ ހޯދަން ކުރި އިއުލާން ޑިފެންސުން މިހާރު ވަނީ ބާތިލުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް


ދެ ޖެޓްސްކީ ހޯދަން ކުރި އިއުލާން ޑިފެންސުން ބާތިލުކޮށްފި

28 މޭ 2025 - 10:42 0

ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ދެ ޖެޓްސްކީ ހޯދަން އިއްޔެ ކުރި އިއުލާން ބާތިލުކޮށްފި އެވެ.

އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީން ބުނެފައިވަނީ ހޯދަމުން ދަނީ މުޅިން އައު، ކޮލިޓީ ރަނގަޅު ދެ ޖެޓްސްކީ ކަމަށެވެ. ނަމަވެސް، މިއަދު އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.

ޖެޓްސްކީތައް ހޯދާ ސަބަބެއް ޑިފެންސުން ބުނެފައި ނުވާއިރު، މީގެ އިތުރުން ވެސް އެ މިނިސްޓްރީން އިއްޔެ ވަނީ ގިނަ އަދަދެއްގެ ތަކެތި ހޯދުމަށް ތަފާތު އެކި އިއުލާން ގެޒެޓުކޮށްފަ އެވެ. އެ ހުރިހާ އިއުލާނެއް ވެސް ޑިފެންސުން ވަނީ ބާތިލުކޮށްފަ އެވެ.

ޑިފެންސުން ހޯދަން އިއުލާންކުރި ތަކެތި:

  • އިންޓަރެކްޓިވް ސްމާޓް ބޯޑަކާއި ސައުންޑް ސިސްޓަމެއް
  • 10 ސައިކަލު
  • ޓީވީ ތަކެއް (ވަކި އަދަދެއް ބުނެފައެއް ނުވޭ)
  • 25 ލެޕްޓޮޕް
  • ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ރާޑަރު ސިސްޓަމްތަކަކާއި އެކްސަސަރީސް
  • ލައިފްޖެކެޓު

މި އިއުލާނުތައް ބާތިލުކުރި ސަބަބު ހޯދުމަށް ޑިފެންސްގެ މީޑިއާ ޓީމަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެ އެވެ.

ސިފައިންގޭގެ ފަޔާ އެންޑް ރެސްކިއު އާއި ކޯސްޓު ގާޑު ކުރިއެރުވުމަށް މި ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ޖެޓްސްކީތައް ހޯދަނީ ކޯސްޓުގާޑަށް ކަމަށްވުން އެކަށީގެންވެ އެވެ.

އެމްއެންޑީއެފްއަށް މި ފަހުން ވަނީ އަސްކަރީ ވެހިކަލްތަކެއް ވެސް ގެނެސްފަ އެވެ. އެއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާ އަސްކަރީ އުޅަނދުތަކެކެވެ. މިއީ ޔޫއޭއީގެ އެޖް ގްރޫޕް އިން އުފައްދާ 'އަޖްބާން' ސީރީސްގެ ވެހިކަލްތައް ގެންނަން 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބެލެވެ އެވެ.