Advertisement

އޭއައި ބޭނުންކޮށްގެން ދުއްވާ ރޮބޮޓިކް އަހެއް ކަވަސާކީއިން ދައްކާލައިފި

28 މޭ 2025 - 11:33 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ކަވަސާކީ ކުންފުނިން ދައްކާލި ރޮބޮޓިކް އަސް --


އޭއައި ބޭނުންކޮށްގެން ދުއްވާ ރޮބޮޓިކް އަހެއް ކަވަސާކީއިން ދައްކާލައިފި

28 މޭ 2025 - 11:33 0

ޖަޕާނުގެ މަޝްހޫރު ކުންފުނި، ކަވަސާކީން ހައިޑްރޮޖަން އާއި އޭއައި ބޭނުންކޮށްގެން ދުއްވާ ރޮބޮޓިކް އަހެއް ދައްކާލައިފި އެވެ.

މި އަސް ދައްކާލީ އޯސާކާ-ކަންސާއި އެކްސްޕޯގައި ތަފާތު އީޖާދެއްގެ ގޮތުގަ އެވެ. އެއީ ހައިޑްރޮޖަންް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަތަރު ފައި މަތީގައި ހިނގާ، އަހެއްގެ ސިފައިގައި އުފައްދާފައިވާ ރޮބޮޓެއް ކަމަށްވާ "ކޯލިއޯ" އެވެ.

މި އީޖާދުގެ މަގުސަދަކީ ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ދާއިރާއިން ޖަޕާނުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ފަސޭހަތަކެއް ހޯދައިދިނުމާއި، އުނދަގޫ ބިންތަކުގައި ދަތުރުކުރެވޭނެ އުޅަނދެއް އުފެއްދުމެވެ.

ކޯލިއޯގެ 150 ސީސީގެ އިންޖީނު ހިންގަނީ ހައިޑްރޮޖަންއިންނެެވެ. މިއީ ކާބަން ބޭރުވުން ދަށްކުރުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިފައިވާ ކަމެކެވެ. ކަވަސާކީގެ އެޑްވާންސްޑް ރޮބޮޓިކްސް ޑިވިޝަންގެ ވެރިޔާ ޑރ. ޝިންޖި ވަތަނަބޭ ވިދާޅުވީ މި އީޖާދު އުޅެނީ އަދި ވަރަށް ކުރީކޮޅު ކަމަށެވެ. އޭގެ ފަރުމާގައި ވީޑިއޯ ގޭމްތަކުން ހިޔާލު ހޯދާފައިވާއިރު، އޭތި ފަރުމާ ކޮށްފައިވަނީ ޕެންތަރެއްގެ ސިފަތަކާއި އަސްކަރީ އަހެއްގެ ހައިބަތު އެކުލެވޭ ގޮތަށެވެ.

މި ރޮބޮޓް ހަރަކާތް ކުރަނީ އޭއައި ނިޒާމެއްގެ އެހީގައި ކަމުން އޭގެ ހަތަރު ފައިން، ފަޔަކަށް ފަހު ފަޔެއް ނަގަމުން ދާއިރު، މަގުގައި ހުންނަ އަޑިގުޑަންތަކަށް އަމިއްލައަށް ހޭނެ އެވެ. އަދި އާދައިގެ މޮޓޯސައިކަލަކާ ހިލާފަށް، ކޯލިއޯ ދުއްވަން ފަސޭހަވާނެ ކަމަށާއި، ދުއްވާ މީހާގެ ހަށިގަނޑުގެ ހަރަކާތްތަކަށް ބަލައިގެން މިސްރާބު ބަދަލުކުރާނެ ކަމަށް ކަވަސާކީން ބުނެ އެވެ.

މިއީ އަސް ދުއްވުމާ ވަރަށް އެއްގޮތް ތަޖުރިބާއެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ. އޭގެ ދެކަފި ކޮށްފައިވާ ފައިތަކުގައި ރަބަރު ގޮށި ޖަހާފައިވުމުން އުދަނގޫ މަގުތަކާއި ހިލައާއި ގައުު ގިނަ ތަންތަނުތަކުގައި ވެސް ހިނގުމަށް ފަސޭހަވެ އެވެ.

އެކްސްޕޯގައި ކޯލިއޯ ދައްކާލީ ހަމައެކަނި ކޮޅަށް ހުރުމާއި ހަރަކާތްކުރާ ގޮތެވެ. ބާރު ސްޕީޑްގައި ދުވުމުގެ ގާބިލުކަން އަދިވެސް އޮތީ ވަރަށް ދުރުގަ އެވެ. އަދި ބޮޑެތި ފިޔަވަޅުތައް އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކީ ކޮމްޕިއުޓަރުން އުފައްދާފައިވާ އެއްޗެކެވެ. 2050 ވަނަ އަހަރުގެ ކުރިން މިފަދަ އުޅަނދުތައް އާންމުކޮށް ބޭނުންކުރެވޭނެ ކަމަށް ކަވަސާކީން އުންމީދުކުރެ އެވެ.

މިފަދަ ހިނގާ މެކޭނިޒަމްތަކަކީ ދުރު ހިސާބުތަކަށް މުދާ އުފުލުމަށާއި، ސަލާމަތީ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވެދާނެ އެވެ.

ކަވަސާކީއަކީ ސިނާއީ އޮޓޮމޭޝަންގެ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާއެއް ލިބިފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ސީއެލް ސީރީޒްގެ ރޮބޮޓްތައް ދުނިޔޭގެ އެކި ކާރުޚާނާތަކުގައި ގަދަ މަސައްކަތްތައް ކުރުމަށް ބޭނުންކުރެވެ އެވެ.

މިފަދަ އަސް ރޮބޮޓްތައް އުފައްދަނީ ހަމައެކަނި ކަވަސާކީއަކުން ނޫނެވެ. ޗައިނާގެ އެކްސްޕެންގް ކުންފުނިންވެސް ޔުނިކޯންއެއްގެ ސިފައިގަޔާއި ޕޮނީއެއްގެ ސިފައިގައި ކުޑަ ކުދިންނަށް އަމާޒުކޮށްގެން ހަތަރު ފައިގެ ރޮބޮޓްތައް އުފައްދާފައިވެ އެވެ.

ކޯލިއޯއަކީ ހައިޑްރޮޖަންއަށް ބިނާކޮށްގެން ކުރެވިދާނެ އީޖާދުތަކުގެ ހިތްވަރުގަދަ މިސާލެކެވެ. އަދި މިހާރު މިއީ ފެށުމެއް ކަމުގައި ވީނަމަވެސް، ތިމާވެއްޓާ ރައްޓެހި، އާންމު ދަތުރުފަތުރުގެ ވަސީލަތެއްގެ ގޮތުގައި މުސްތަުބަލުގައި ފެނިގެން ހިނގައިދާނެ އެވެ.

ކޯލިއޯ ފަދަ އީޖާދުތައް މުސްތަޤްބަލުގައި ތީމް ޕާކްތަކުގަޔާއި، ފަތުރުވެރިކަމުގެ ދާއިރާގަޔާއި، އަދި ޚާއްޞަ އަސްކަރީ ބޭނުންތަކަށްވެސް ބޭނުންކުރެވިދާނެ ކަމަށް ބެލެވެ އެވެ.