އިސްތަންބޫލް، ތުރުކީ (މެއި 28) - ތުރުކީގެ ކުޅިވަރު ނޫސްވެރިންގެ ސުވާލުތަކުގެ ސަބަބުން ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ، ތުުރުކީގެ ފުޓްބޯޅަ އަށް ވަރުގަދަ ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.
ތުރުކީގެ ސުޕަ ލީގުގައި އެންމެ ފަހުން، ފެނަބާޗޭ ކުުޅުނު މެޗުގައި އެ ޓީމު ވަނީ ހެތޭސްޕޯ އަތުން 4-2 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު، މޮރީނިއޯ އަށް ކުރިމަތިވި ސުވާލަކީ، ފެނަބާޗޭ އަށް ރަނގަޅު ނަތީޖާތައް ނުނެރެވި، އެ ޓީމު ގޮވައިގެން ޔޫރަޕްގެ ވަރުގަދަ މުބާރާތްތަކުގައި ވާދަނުކުރެވޭތީވެ، މޮރީނިއޯ އާއި އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓާ ގުޅުން ގޯސްކަމަށް ދެކޭ ވާހަކަ އަކީ ހަގީގަތެއްތޯ އެވެ.
"މި ދިޔަ ހަތް ވަރަކަށް އަހަރަށް ބަލާއިރު، އަހަރެން މާ ގިނަ ޔޫރަޕްގެ ފައިނަލުގައި ކުޅެފިން، މުޅި ތުރުކީގެ ފުޓްބޯޅަ ތާރީހުގައި ނުކުރެވޭ ވަރަށް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ، 2004 ވަނަ އަހަރު ޕޯޓޯ ގޮވައިގެން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ފަހުން ވެސް އޭނާ އަކީ ނިސްބަތުން އެހާ މަޝްހޫރު ނޫނީ ވަރުގަދަކޮށް ނެތް ޓީމުތައް ގޮވައިގެން ވެސް ޔޫރަޕްގެ ފައިނަލުގައި ވާދަކޮށްފައިވާ ކޯޗެއް ކަމަށެވެ.
މޮރީނިއޯ ބުނީ، މިދިޔަ އަހަރު، ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިނުވުމާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި . ވާދަކުރުމަށް ފަހު، ގިނަ ކުޅުންތެރިންތަކެއް ޓީމާ ލަހުން ގުޅުމުން މި ސީޒަނުގެ ތައްޔާރީތަކަށް އަސަރުކުރި ކަމަށެވެ.
މި ވަގުތު، ތުރުކީ ލީގުގެ ދެ ވަނައިގައި އޮތް ފެނަބާޗޭ އިން ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރަށް ވަރުގަދަ އަށް ތައްޔާރުވާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
"ޔަގީންކަމެއް، އަހަރެން ބޭނުމީ ޗެމްޕިއަންސް ލީގުގައި ކުޅެން، ޔޫރޮޕާ ނޫނީ ކޮންފަރެންސް ލީގުގައި ކުޅުމަށް ވުރެން. އަނެއްކާ ވެސް އަހަރެމެން އެ މަސައްކަތުގައި ވަރުގަދަ އަށް ތައްޔާރުވާނަން،" ޕޯޓޯ އާއި އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ ފެނަބާޗޭގެ ރައީސް، އަލީ ކޯޝްއާ ގުޅުން ރަނގަޅު ކަމަށާއި މުސްތަގުބަލާ ބެހޭގޮތުން ބުނަން އޮތީ އެ ގޮތަށް ކަމަށް ހާމަކޮށްފަ އެވެ. ފެނަބާޗޭއާ އެކު، ރަނގަޅު ކާމިޔާބީ އެއް، މޮރީނިއޯ އަށް ނުހޯދޭތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އެ ކްލަބްގެ މެނޭޖްމަންޓުން އޭނާ އަށް ސަޕޯޓް ދޭކަން އަބަދުވެސް މީޑިއާގައި ވަނީ ހާމަކޮށްފަ އެވެ.
Comment