Advertisement

ހުލާސާކޮށް އިއްޔެ: ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފަޒުލް ދިޔުމުގެ ފައިދާ އެޗްޑީސީން އެބަ ފެނޭ

27 މޭ 2025 - 06:31 0

ފަޒުލް އަދި ފަސް އަހަރުން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އޭނާގެ އަންހެނުންނަށް ވިއްކާފައިވާ ގޯތި. -- އާޓްވޯޓު: އިސްމާއީލް އިމްދާދު


ހުލާސާކޮށް އިއްޔެ: ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފަޒުލް ދިޔުމުގެ ފައިދާ އެޗްޑީސީން އެބަ ފެނޭ

27 މޭ 2025 - 06:31 0

ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި މަޖުބޫރުވެގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުގެ ފައިދާ މިހާރު އެ ކުންފުނިން ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ގެނައި ބަދަލުތަކާއި އެޗްޑީސީގެ ރަސްމީ ވެބްސައިޓު އިފުތިތާހު ކޮށްދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފަޒުލް އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަދަލުތައް ގެންނަވާ ކަމަށެވެ. އެޗްޑީސީގެ ނަން ރައީސް ފާހަގަކުރެއްވީ އޭގެ މިސާލެއްގެ ގޮތުންނެވެ.

"ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް، ނޫނީވިއްޔާ ހިންގުމަށް އެކި ބަދަލުތައް އަޅުގަނޑު އެބަ ގެންނަން، ހިންގާ ބޭފުޅުން ބަދަލުކުރަން، ނޫނީވިއްޔާ ޓީމަށް އެބަ ބަދަލުތައް ގެންނަން، ބޭނުމަކީ ގުޑް ގަވަނަންސް އެންޝުއާ ކުރުން، ޓްރާންސްޕޭރަންސީ ޔަގީން ކުރުން، ދެފުށް ފެންނަ ކޮރަޕްޝަން ނައްތައިލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނިތައް ހިންގުން ޔަގީންކުރުން،" ރައީސް ވިދާޅުވި އެވެ.

"އޭގެ ފުރިހަމަކަން ނޫނީ އޭގެ ފައިދާ އިރާދަކުރެއްވީތީ، އެޗްޑީސީން މިހާރު މިވަނީ ފެންނަން ފަށާފައި."

ރައީސް އެހެން ވިދާޅުވި ނަމަވެސް އެޗްޑީސީގެ ހިންގުމަށް ބަދަލު ގެންނެވީ އެމަނިކުފާނެއް ނޫނެވެ. އެއީ އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ފަޒުލް އަމިއްލައަށް ނިންމި ނިންމުމެކެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފަޒުލް އާންމުކުރެއްވި ސިޓީގައި ވެސް އެކަން ބަޔާން ކޮށްފައިވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ފަޒުލް މެނޭޖިން ޑިރެކްޓަރު ކަމުގައި އެޗްޑީސީން ނިންމާފައިވާ ހުރިހާ ނިންމުމަކީ ވެސް ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

ފަޒުލް އިސްތިއުފާ ދިން ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ބުނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ސަބަބުން އެޗްޑީސީ އާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން ބޭނުން ނުވުމެވެ.

ރައީސް ވިދާޅުވީ މިއަދު އެޗްޑީސީން އިފުތިތާހު ކުރި ވެބްސައިޓުގެ ސަބަބުން އެ ކުންފުނީގެ ހިންގުން ދެފުށް ފެންނަ ގޮތަށް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް އެގޮތަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ވެބްސައިޓުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަޅުގަނޑުމެންނަށް އަވަސްކުރެވި، އެޗްޑީސީން ކުރިއަށްގެންދާ މަޝްރޫއުތަކާއި ޕްރޮކިއުމެންޓުގެ ތެރެއިން ގެންދާ ކަންކަމުގައި ދެފުށް ފެންނަކަން ޔަގީންކުރެވި، ގުޑް ގަވާނަންސް، ޗެކް އެންޑް ބެލެންސް ނިޒާމު އެބަ ގެނެވޭ،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ރައީސް ގޮވައިލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވާނީ ކޮރަޕްޝަނާއި ފަސާދައިން ވެރިކަމުގެ ނިޒާމާއި ކުންފުނިތަކުގެ ނިޒާމު ސަލާމަތް ކުރެވިގެން ކަމަށެވެ.

ރައީސް މި މޭރުމުން ވާހަކަދެއްކެވިއިރު، މިފަހުން ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޖަލްސާގެ އިސް ސަފުގައި ފަޒުލް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ވެސް ބައިވެރިވަޑައިގެންނެވި އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ރައީސްއަށް އަމާޒުވި އެވެ.

މިއަދުގެ މޫސުން


- އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރާނެ. ދެކުނުގެ މޫސުން ރަނގަޅު ވާނެ. - ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަށް. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލަށް. އަދި ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލަށް. - ކަނޑުތައް އުތުރުގެ އަތޮޅުތަކަށް ގަދަވާނެ. މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ގަދަވާނެ. ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ - އިތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި8 ފޫޓާ ދެމެދު. ދެކުނުގެ އަތޮޅުތަކަށް 2 ފޫޓާއި 4 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:51
  • މެންދުރު 12:07
  • އަޞްރު 15:29
  • މަޣްރިބް 18:15
  • ޢިޝާ 19:32

މުހިއްމު ބައެއް ހަބަރު