Advertisement

ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލައިފި

26 މޭ 2025 - 23:21 2

ދަރިވަރަށް އަނިޔާ ކުރި ކަމަށް ބެލެވޭ ޓީޗަރު: އޭނާ އަދިވެސް ހައްޔަރެއް ނުކުރޭ -- ފޮޓޯ: ކަނޑޫދޫ ސްކޫލް


ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލައިފި

26 މޭ 2025 - 23:21 2

ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލި ގޮތަށް ހުޅުން ނައްޓާލައިފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް މިހާތަނަށް ޓީޗަރު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ދަނީ ފަރުވާދެމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް މީހަކު ހައްޔަރު ނުކުރާ ސަބަބެއް ފުލުހުން ނުބުނެ އެވެ.

ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިސްމާނީ އަނިޔާ ދިން ބައެއް މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި، ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖެއްގެ ބޮލުގައި ދަގަނޑު ފެންފުޅިއަކުން ޖެހި މައްސަލައެއް ހިމެނެ އެވެ.

އޭގެ އިތުރުން، ސްޕީޗް ތެރަޕީ ހަދަން ގެންދިޔަ އޯޓިސްޓިކް ކުއްޖަކަށް އަނިޔާކޮށް އޭނާއަށް ކަތުރަކުން ހަމަލާދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ދެ ބިދޭސީން ހައްޔަރުކޮށްފަ އެވެ.