Advertisement

ހުލާސާކޮށް އިއްޔެ: 12.9 ބިލިއަން ހަރަދުކުރިއިރު، ރިކަރަންޓު ހަރަދަށް 11.8 ބިލިއަން ރުފިޔާ

25 މޭ 2025 - 06:35 0


ހުލާސާކޮށް އިއްޔެ: 12.9 ބިލިއަން ހަރަދުކުރިއިރު، ރިކަރަންޓު ހަރަދަށް 11.8 ބިލިއަން ރުފިޔާ

25 މޭ 2025 - 06:35 0

މި އަހަރުގެ 17 ހަފުތާ ނިމިގެން ދިޔައިރު، ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާގެ ތެރެއިން 91 ޕަސެންޓު ހަރަދުކުރީ ރިކަރަންޓު ހަރަދުތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 15، އާ ހަމައަށް 12.9 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، 11.8 ބިލިއަން އެއީ ރިކަރަންޓު ހަރަދެވެ. ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ކުރީ 1.1 ބިލިއަން ރުފިޔާ އެވެ.

ރިކަރަންޓު ހަރަދުތަކުގެ ތެރެއިން ބޮޑު ބައެއް ހަރަދުކުރީ، ދައުލަތުގެ ހިންގުމުގެ ހަރަދުތަކަށެވެ. އެއީ ހަތް ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ މުސާރަ އާއި އެލަވަންސްތައް ދިނުމަށެވެ. އެއީ 4.8 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކާއި އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 12.5 ބިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް އެ ބަޖެޓުގެ ބޮޑު ބައި އޮތީ ހަރަދު ނުކޮށް އޮތް ގޮތަށެވެ.

ބަޖެޓު ކުރި ފައިސާ ހަރަދު ނުކުރާތީ އަހަރުގެ މިހާތަނަށް ބަޖެޓު ވަނީ ސާޕްލަސްގައި ހިފެހެއްޓިފަ އެވެ. އެ ގޮތުން ޕްރައިމަރީ ބެލެންސު، އެއީ ފައިނޭންސިން އާއި އިންޓްރެސްޓް ކޮސްޓު ނުހިމަނައި، ހުރީ 3.2 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ. ފައިނޭންސިން އާއި އިންޓްރެސްޓު ކޮސްޓު ކެނޑުމުން ވެސް ބަޖެޓު 1.5 ބިލިއަން ރުފިޔާ ސާޕްލަސް އެވެ.

ކެޕިޓަލް ހަރަދުތައް މަޑުޖައްސާލާފައިވާ ސަބަބާ ގުޅޭގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރީ ކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ހަރަދުތައް ނުކޮށް ހުރީ ހަރަދު ނުކޮށް ބަހައްޓަން ނޫން ކަމަށާއި، ދައްކަން ހުރި ދަރަންޏާއި ކުރަން ޖެހިފައި ހުރި އެހެނިހެން ހަރަދުތަކާ ހުރެ، އެ ހަރަދުތައް ކުރުން މަޑުޖައްސާލީ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށް ބަލާއިރު، ޖުމްލަ އާމްދަނީ ވަނީ ކުރީ އަހަރަށް ވުރެ ބިލިއަނަކާ ގާތް ކުރާ އަދަދަކަށް އިތުރުވެފަ އެވެ. ރިޕޯޓު ނެރުނު ތާރީހާ ހަމައަށް ޓެކުުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އޭގެ ތެރެއިން ތިން ބައި ކުޅަ ދެ ބަޔަށް ވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެކަމަކު އެންމެ ބޮޑު އިތުރުވުމެއް އައިސްފައި ވަނީ ޓެކްސް ނޫން އާމްދަނީންނެވެ. ޓެކްސް ނޫން އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 800 މިލިއަނެއްހާ ރުފިޔާ އިތުރުވެފަ އެވެ.

މިއަދުގެ މޫސުން


- އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، މީގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ. - ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަށް. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލަށް. އަދި ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލަށް. ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް 45 މޭލަށް ވައި ބާރުވާނެ ކަމަށް ލަފާ ކުރެވޭ. - ކަނޑުތައް އުތުރުގެ އަތޮޅުތަކަށް ގަދަވާނެ. މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ގަދަވާނެ. ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ - ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދު. އުތުރުގެ އަތޮޅުތަކަށް 5 ފޫޓާއި 8 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:51
  • މެންދުރު 12:07
  • އަޞްރު 15:29
  • މަޣްރިބް 18:15
  • ޢިޝާ 19:32

މުހިއްމު ބައެއް ހަބަރު