Advertisement

ހުލާސާކޮށް އިއްޔެ: ރައީސްގެ ދަތުރަށް އެމްއެމްޕީއާރްސީ އިން ވެސް ހަރަދެއް ނުކުރޭ

24 މޭ 2025 - 06:40 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. އެ މަނިކުފާނުގެ މި ދަތިރަށް އަމިއްލަ ފަރާތަކުން ހަރަދު ކުރި ކަމަށް ވަނީ އެއްބަސްވެފައި. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސްގެ ދަތުރަށް އެމްއެމްޕީއާރްސީ އިން ވެސް ހަރަދެއް ނުކުރޭ

24 މޭ 2025 - 06:40 0

ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް އެމްއެމްޕީއާރްސީ އިން ހަރަދު ނުކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ނޫހަކުން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައި އެމްއެމްޕީއާރްސީ އިން ބުނެފައި ވަނީ، އެ ދަތުރަކީ ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު އެ ކޯޕަރޭޝަނުން ހެދި އެއްބަސްވުން ލޯންޗު ކުރަން ދިޔަ ނަމަވެސް އެ ކޯޕަރޭޝަނުން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އޭޕްރީލް 1، އިން އޭޕްރީލް 5، އަށް ސަރުކާރުގެ ގިނަ އިސް އޮފިޝަލުންތަކަކާއެކު ކުރި އެ ދަތުރަށް އެ އޮފީހުން ހަރަދު ކުރީ އެންމެ 153،689 ރުފިޔާ ކަމަށެވެ. ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ދަތުރަށް ހަރަދު ކުރީ އަމިއްލަ ވިޔަފާރިއަކުން ކަމަށެވެ.

"މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާބޮޑު ހަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓަރ ސްޕޮންސާޝިޕްގައި ހަމަ ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ،" ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސްގެ ދަތުރަށް ހަރަދު ކުރީ ކާކުތޯ މި ނޫހުން ސުވާލު ކުރުމުން، ހަރަދު ކުރި މީހާގެ ނަން ހާމަ ކުރަން ރައީސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

"އެ ބޭފުޅުން ބޭނުންފުޅެއް ނޫން އެ މައުލޫމާތު ހިއްސާކުރާކަށް،" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރިފާއު އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން ވެސް ބައެއް ސީނިއާ އޮފިޝަލުން ވަޑައިގެންނެވި އެވެ.

ރައީސްގެ ދަތުރަށް އަމިއްލަ ވިޔަފާރިއަކުން ހަރަދު ކުރީ ކޮން އުސޫލަކުން ކަމެއް ނޭނގެ އެވެ. އެގޮތަށް ރައީސް އަށް ހަރަދު ކުރެވޭނެ އެއްވެސް އުސޫލެއް ރާއްޖޭގައި އަދި އާންމުކޮށްފައެއް ނުވެ އެވެ.

މިއަދުގެ މޫސުން


- އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ، އެހެން ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ. އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތުގައި ރަނގަޅު. - ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލަށް. އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލަށް. - ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަދުވާނެ. އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ. - ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދު. އިތުރުގެ އަތޮޅުތަކަށް 5 ފޫޓާއި 7 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:35
  • އިރުއަރާ 05:51
  • މެންދުރު 12:07
  • އަޞްރު 15:28
  • މަޣްރިބް 18:15
  • ޢިޝާ 19:31

މުހިއްމު ބައެއް ހަބަރު