Advertisement

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށް މައުރަޒު މިރޭ ހުޅުވައިފި

23 މޭ 2025 - 21:38 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނައަށް ދިޔަ މީހަކަށް އެވޯޑު ދެނީ --- ފޮޓޯ: ރައީސް އޮފީސް


އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށް މައުރަޒު މިރޭ ހުޅުވައިފި

23 މޭ 2025 - 21:38 3

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވި މީހުންނާއި ކުންފުނިތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު މީހުންނަށް އިނާމު ދިނުމަށްފަހު މައުރަޒު މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި މި މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރޭ ސޯޝަލް ސެންޓަރުގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރޭގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި ފަރާތްތަކަށާއި މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި ފަސް ފަރާތަކަށް ރައީސް މުއިއްޒު އިނާމު ދެއްވި އެވެ. އެހެން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނެވެ.

މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބުނު 5 އުފެއްދުން ހާސިލްކުރި ފަރާތްތަކަކީ

1. ލުޖައިން އަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ

2. އަބުޑީ މޯލްޑިވްސް

3. މޯލްޑިވްސް ޕޮލިޓެކްނިކް

4. މުހައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ

5. އަލީ މާހިރު

އެކި ދާއިރާތަކުން 1 ވަނަ ހާސިލްކުރި ބައިވެރިންގެ ތެރޭގައި ހިމެނެނީ:

  • 1. އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން އަލީ ވަހީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
  • 2. ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ
  • 3. ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
  • 4. ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
  • 5. ތައުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް
  • 6. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި
  • 7. ޖަމިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަރޕްރަނިއާސް އެސޯސިއޭޝަން މޯލްޑިވްސް
  • 8. މުޅި މައުރަޒުން 1 ވަނަ ސިޓީ / ރަށް، އައްޑޫ ސިޓީ ހިތަދޫ
  • 9. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ރޭގެ ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެ އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ.

މިރޭ ފެށި މައުރަޒު މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ރާއްޖޭގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު މައުރަޒުގެ ގޮތުގައި ސަރުކާރުން ސިފަކުރާ މި މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އަދި ސަރުކާރުގެ ކުންފުނި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.