Advertisement

ހުލާސާކޮށް އިއްޔެ: 2007ގެ ފަހުގެ ޖީލަށް ސިނގިރޭޓު މަނާވުން

22 މޭ 2025 - 06:20 0

ޖެނެރޭޝަން ބޭން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: 2007ގެ ފަހުގެ ޖީލަށް ސިނގިރޭޓު މަނާވުން

22 މޭ 2025 - 06:20 0

ދެހާސް ހަތް ވަނަ އަހަރުގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ތަސްދީގުކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސިއްހީ ދާއިރާގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުން އަދި ސްކޫލުތަކުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ. ބިލު ތަސްދީގުކުރުމަށްފަހު ރައީސް ވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ވެސް ޖަވާބުދެއްވައިފަ އެވެ.

2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރަން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު، އަލީ އަޝްރަގު ހުށަހެޅުއްވި ބިލު މި މަހު 13 ގައި މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މި ބިލު ތަސްދީގުކުރުމާއެކު އިއްޔެއިން ފެށިގެން:

  • ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވި ހުރިހާ އެންމެންނަށް ދުންފަތް މަނާ ވާނެ
  • އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ބޭނުން ކުރުން މަނާވާނެ
  • އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެ
  • ވަކި ހާއްސަ ލައިސެންސެއް ނެތި ދުންފަތުގެ ބާވަތްތައް ނުވިއްކޭނެ
  • ދުންފަތުގެ ބާވަތްތައް ގަންނަ މީހާއަކީ އުމުރު ހަމަވެފައިވާ މީހެއްކަން ކަށަވަރު ކުރުމަށް އެ މީހެއްގެ އައިޑީކާޑު ވިއްކާ ފަރާތުން ބަލަންޖެހޭ
  • ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެޝިނަރީ (ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް) ރާއްޖެއަށް އެތެރެ ކުރުން މަނާވާނެ
  • ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ބިދޭސީންނަށާއި ދިވެހީންނަށް އަމިއްލަ ބޭނުމަށް (ކޮންމެ ފަސިންޖަރަކަށް އެއް ކާޓަން ސިނގިރޭޓު) ދުންފަތް އެތެރެކުރެވޭނެ

އެ ބިލުގައި ބުނެފައި ވަނީ، ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރަން މަޖިލީހުން ބިލެއް ތަސްދީގު މިކުރީ ދުންފަތާ ބެހޭ މާސްޓާ ޕްލޭން ވުޖޫދުވުމުގެ ކުރިންނެވެ.

ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.

މުހިއްމު ބައެއް ހަބަރު