Advertisement

ހުލާސާކޮށް އިއްޔެ: އައްޑޫ ބްރިޖު ފެށޭނެ ދުވަހެއް، ހަރަދެއް ނޭނގޭ

21 މޭ 2025 - 06:59 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު.


ހުލާސާކޮށް އިއްޔެ: އައްޑޫ ބްރިޖު ފެށޭނެ ދުވަހެއް، ހަރަދެއް ނޭނގޭ

21 މޭ 2025 - 06:59 0

މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި އެ މަޝްރޫއަށް ހިނގާނެ ހަރަދެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އައްޑޫ ބްރިޖު މަޝްރޫއުގެ ތަފުސީލުތައް ހޯދުމަށް އަދަދު ނޫހުން ހުށަހެޅުމުން މިފަދައިން ބުނެފައިވަނީ މިނިސްޓްރީން އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްކްޗާއިން ދިން ޖަވާބުގަ އެވެ.

"އަމަލީ މަސައްކަތުގެ ތާރީހާއި މި މަޝްރޫއަށް ހިންގާނެ ހަރަދުތައް ކަނޑައެޅިގެންދާނީ އަދި ފަހުގެ މަރުހަލާއެއްގައި،" މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިހާރު ކުރަމުންދަނީ އައްޑޫ ބްރިޖު ޑިޒައިން ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދަން ސަރުކާރުން ގެޒެޓުކުރީ މާޗު 2، ގަ އެވެ. އެ އިއުލާން ބާތިލުކޮށް ފިނޭންސުން ވަނީ މާޗު 18، ގައި ހަމަ އެކަމަށް އިއުލާނެއް ކޮށްފަ އެވެ.

ފަހުން ކުރި އިއުލާނުގެ ސުންގަނޑި ހަމަވީ އެޕްރީލް 13، އަށެވެ. ނަމަވެސް، އެކަމަށް ބަޔަކު ހޮވި ކަމެއް ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ. ސުންގަޑި ހަމަވިތާ މަހެއް ފަހުން އަދަދު އަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދިން ޖަވާބުގައި ވެސް ބުނެފައިވަނީ އަދިވެސް ޑިޒައިން ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ.

މިއަދުގެ މޫސުން


- ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ، އެހެން ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ. - ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލަށް. އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިޖެހޭނެ. - ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަދުވާނެ. އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދެވެފައި ވިލާގަނޑުގައި ގަދަވާނެ. - ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:35
  • އިރުއަރާ 05:51
  • މެންދުރު 12:06
  • އަޞްރު 15:28
  • މަޣްރިބް 18:14
  • ޢިޝާ 19:31

މުހިއްމު ބައެއް ހަބަރު