20 މޭ 2025 - 19:11 2
ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ފައިނުގައި އަދި ތިނަދޫގައި އެއާޕޯޓު އެޅުން ވެސް ވާނީ ގޯހަކަށް ކަމަށް -- ފޮޓޯ: އަދަދު ފައިލް
20 މޭ 2025 - 19:11 2
ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވެންޖެހޭނެ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި މިއަދު އެއާޕޯޓެއް ހުޅުވިފަހުން، އެ މައުލޫއަށް ވާހަކަ ދައްކަވަމުން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން ރަށު ބަންދުން ފިލުވަންޖެހޭ ކަމަށާއި އެކަމަކު ގިނަ ރަށްރަށުގައި އެއާޕޯޓު އެޅުމަކީ ގޯހެއް ކަމަށެވެ.
"ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީި ކޮންމެހެން ބޭނުންތެރި ކަމެއް. އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް،" ނަޝީދު ވިދާޅުވި އެވެ.
މިހާރު އެއާޕޯޓު އަޅާފައިވާ ބައެއް ރަށްރަށް އަދި އެއާޕޯޓު އަޅަން ރާވާފައިވާ ބައެއް ރަށްރަަށް މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވި އެވެ.
"[ހދ.] ކުޅުދުއްފުށީ އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް. އަދި [ގދ.] ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް. [ރ.] ފައިނުގައި ވެސް އެއާޕޯޓު އެޅުން ރަނގަޅެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އެއާޕޯޓު އަޅާފައި ވަނީ އެ ރަށުގެ ކުޅިން ބައެއް ހިއްކައިގެންނެވެ. އޭގެ ސަބަބުންް ތިމާވެށީގެ ނޭދެވޭ ވަރަށް ގިނަ އަސަރު ރަށުން މިހާރު ފެނެ އެވެ. ފައިނުގައި އެއާޕޯޓު އަޅަން ރާވާފައި ވަނީ ރަށް ހިއްކައިގެންނެވެ. އެ ރަށަކީ ގުދުރަތީ ގޮތުން އާދަޔާ ހިލާފަށް ރީތި ރަށެކެވެ. ތިނަދޫގައި އަޅަން ނިންމި އެއާޕޯޓުގެ މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
ހުޅުލޭގައި ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ރާއްޖޭގައި މިހާރު 20 އެއާޕޯޓެއް އޮޕަރޭޓު ކުރެ އެވެ. އޭގެ އިތުރުން އެއާޕޯޓު ހިންގަނީ މުލި، ސ. ގން، ޏ. ފުވައްމުލަށް، ނ. މާފަރު، އދ. މާމިނގިލި، ދ. ކުޑަހުވަދޫ، ލ. ކައްދޫ، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ތ. ތިމަރަފުށި، ގދ. ކާޑެއްދޫ، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment