Advertisement

ދެކުނުގެ ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި

20 މޭ 2025 - 11:38 0

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ކަންކަން ބަލަހައްޓާ ނޭޝަނަލް ޑްރަގު އެޖެންސީ: ރިމާންޑު ސެންޓަރުތައް ވެސް ބަލަހައްޓަން ހަވާލުކުރީ މި އެޖެންސީއާ --- ފޮޓޯ: އެންޑީއޭ


ދެކުނުގެ ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި

20 މޭ 2025 - 11:38 0

މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ބައިތިއްބަން، ދެކުނުގެ ތިން ރަށެއްގައި ހުރި ރިހެބިލިޓޭޝަން ސެންޓަރުތައް، ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރު ކުރެވޭ މީހަކީ ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވިއްޖެ ނަމަ، އޭނާ ޖަލުގައި ބަންދު ކުރުމުގެ ބަދަލުގައި ބަންދު ކުރަން ޖެހޭނީ ޑްރަގް އޮފެންޑާސް ރިމާންޑު ސެންޓަރެއްގަ އެވެ.

ނަމަވެސް މިކަމަށް ހާއްސަކުރެވިފައިވާ ތަންތަން ނެތުމުން މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ބަހައްޓަން މަޖުބޫރުވެފައި ވަނީ އެހެން ކުށްތަކުގައި ބަންދުކުރާ މީހުންނާއެކީ ކަސްޓޯޑިއަލް ޖަލުތަކުގަ އެވެ.

ހޯމްލޭންޑް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުގައި ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައެޅީ:

  • ތިނަދޫ ސިޓީ ޑްރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިތީ ރިހެބިލިޓޭޝަން ސެންޓަރު
  • ފުވައްމުލައް ސިޓީ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
  • އައްޑޫ ސިޓީ ހުޅުދޫ ވިލުނު ސެންޓަރު

ސަރުކާރުން ވަނީ ތިން މިލިއަނަަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރެއް ވެސް ގާއިމުކޮށްފަ އެވެ. އެ ސެންޓަރު ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން، ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މި ހުރިހާ ތަނެއް ވެސް ހިންގަނީ ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ބެލުމުގެ ދަށުންނެވެ.