Advertisement

ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގަނެފި

19 މޭ 2025 - 19:29 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖެއަށް އެތެރެކުރަނިކޮށް މީގެކުރިން ހިފެހެއްޓި މަސްތުވާތަކެތީގެ ބާވަތެއް.


ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގަނެފި

19 މޭ 2025 - 19:29 0

ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފި އެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި އަތުލައިގަތީ ވަައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 1020 ގްރާމްގެ ކޮކެއިން އެވެ.

މިއީ އެޕްރީލް 27، ގައި ކުރިއާ މެދުވެރިކޮށް ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަތް ތަކެއްޗެވެ.

މި ތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމުން ބުނެ އެވެ.