19 މޭ 2025 - 11:35 0
19 މޭ 2025 - 11:35 0
ދިއްލީ، އިންޑިއާ (މެއި 19) - މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއާ ޕްރިމިއާ ލީގު (އައިޕީއެލް)ގެ ގަދަ ހަތަރެއް ކަށަވަރުކޮށް ޕްލޭއޮފް ޖާގައެއް ގުޖުރާތު ޓައިޓަންސް، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަދި ޕަންޖާބް ކިންގްސް އިން ހޯދައިފި އެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި ހިނގި ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން މެދުކަނޑާލި، އައިޕީއެލް ހޮނިހިރު ދުވަހު ފަށަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ކަލްކަތާ ނައިޓް ރައިޑާސް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން ކަނޑައެޅީ ނޯ ރިޒަލްޓް މެޗެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން، އިއްޔެ ވަނީ ދެ މެޗެއް ކުޅެފަ އެވެ. އިއްޔެ މެންދުރު ކުޅުނު މެޗުން ޕަންޖާބް ކިންގްސް އިން ވަނީ 10 ލަނޑުން ރާޖަސްތާން ރޯޔަލްސް ބަލިކޮށްފަ އެވެ. އަދި ރޭ ކުޅުނު މެޗުން، ދިއްލީ ކެޕިޓަލްސް އަތުން ގުޖުރާތު މޮޅުވީ 10 ވިކެޓުންނެވެ.
އައިޕީއެލްގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓާ އެކު ގުޖުރާތު އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރާއި ތިން ވަނައިގައި އޮތް ޕަންޖާބަށް ވަނީ 12 މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.
ހަތަރު ވަނައިގައި އޮތް މުމްބައި އިންޑިއަންސް އަށް ވަނީ 12 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ޕްލޭއޮފްގެ ދެން އޮތް ޖާގަ އަށް މުމްބާއިއާ ވާދަކުރަނީ ދިއްލީ އެވެ. ދިއްލީ އާއި ލަކްނައު ސުޕަ ޖަޔަންޓްސް އެވެ. ދިއްލީ އަށް 12 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ލަކްނަައު އަށް 11 މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.
ޕްލޭއޮފް ފުރަތަމަ މެޗު ކޮލިފަޔާގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށްދާއިރު، ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ކޮލިފަޔާ ދޭއްގަ އެވެ. ކޮލިފަޔާ ދޭއްގައި ފައިނަލެއްގެ ޖާަގަ އަކަށް ބައްދަލުކުރާނީ ކޮލިފަޔާ އެކަކުން ބަލިވި ޓީމާއި އެލިމިނޭޓާ އިން މޮޅުވި ޓީމަކާ އެވެ. ޕްލޭއޮފްގެ އެލިމިނޭޓާގައި ކުޅޭނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ އެވެ.
އައިޕީއެލްގެ ބާކީ އޮތް މެޗުތައް ކުރިއަށްދާނީ، ހަ ސަރަހައްދެެއްގަ އެެވެ. އެއީ، ބެންގަލޫރު، ޖައިޕޫރު، ދިއްލީ، ލަކްނައު، އަހުމަަދުއާބާދު އަދި މުމްބާއި ގަ އެވެ. މީގެ ކުރިން، އައިޕީއެލްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް އައި ބަދަލާ އެކު، އައިޕީއެލްގެ ފައިނަލް މެޗު މިހާރު ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment