18 މޭ 2025 - 13:42 0
ސާއިފް ޝިޔާދު
18 މޭ 2025 - 13:42 0
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެ ސަރަހައްދުން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މެއި 17، ގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ މއ. ދަގަނޑުކެޑިގެ، ހަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި، ޝިފާނާ އަބްދުއްސައްތާރު އެވެ.
މި ދެ މީހުން ހައްޔަރުކުރީ މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ފައިސާ އާއި މަސްތުވާތަކެތި ފެނުމުންނެވެ. އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1058.55 ގްރާމު ހުރި ކަމަށް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000ރ. އެ މީހުންގެ އަތުން ފެނުނުއިރު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
Comment