Advertisement

ހުލާސާކޮށް އިއްޔެ: މުއިއްޒުއަށް ކިޔަމަންވެ ބޯލަނބަން އިގުރާރެއް

17 މޭ 2025 - 05:59 2

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އިގުރާރުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވަނީ. -- ފޮޓޯ: ޕީއެންސީ


ހުލާސާކޮށް އިއްޔެ: މުއިއްޒުއަށް ކިޔަމަންވެ ބޯލަނބަން އިގުރާރެއް

17 މޭ 2025 - 05:59 2

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވައްދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ބޯލަނބައި ކިޔަމަންވާން އިގުރާރެއްގައި ސޮއި ކުރުވަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ޕީއެންސީއަށް ރޭ ސޮއިކުރި މެންބަރުން ލައްވައި ވަނީ އެ އިގުރާރުގައި ސޮއި ކުރުވައިފަ އެވެ. ވަކި ބޭފުޅަކަށް ބޯލަނބައި ކިޔަމަންވުމަށް އިގުރާރު ކުރުވުމަކީ މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކުން ކުރި ކަމެއް ނޫނެވެ.

"ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޕާޓީގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގައި އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަން ދިން އެންމެ ފުޅާމިނެއްގައި މަސައްކަތް ކުރަން އިގުރާރު ވަމެވެ،" ޕީއެންސީގެ އިގުރާރުގައި ބުނެފައިވެ އެވެ.

ވަކި މީހަކަށް ބޯލަނބައި ކިޔަމަންވާންޖެހޭނެ ކަމަށް ޕީއެންސީއަށް ވަންނަ މެންބަރުން އިގުރާރު ވާންޖެހޭއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ބޭނުންތަކުގެ ގޮތުގައި ބަޔާން ކޮށްފައި އޮންނަނީ:

  • ވެރިކަމުގެ ނިޒާމުގެ ތެރެއަށް ރައްޔިތުންގެ ބޭނުންތަކާއި ޝުއޫރުތައް ވާސިލު ކުރެވޭނެ ގޮތް ހެދުން
  • ރައްޔިތުންގެ ހިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަން ކުރުމުގެ ޖާގަ ދިނުން
  • ހިޔާލު ތަފާތުވުމާއެކު ވެސް އެކީ އެއް ބައެއްގެ ގޮތުގައި ދިވެހި ގައުމު ދެމި އޮތުމަށް ބާރުއެޅުން
  • ގައުމުގެ ސިޔާސީ ހަޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފުރުސަތު ދިނުން
  • ދައުލަތުގެ އެކިއެކި ކަންކަން ހިންގާނެ މީހުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުން
  • ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  • އަދި އެކަންކަމުގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅުވައިދިނުން

ޕާޓީތަކުގެ މަގުސަދާއި އެ ޕާޓީއަކާ ގުޅޭ މެންބަރުން ކުރާންޖެހޭ ކަންކަން ބަޔާން ކޮށްފައި އޮންނަނީ ޕާޓީގެ އަސާސީ ގަވާއިދުގަ އެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައި އޮންނަނީ އެ ޕާޓީގެ މަގުސަދަކީ ރައްޔިތުންގެ ފަރާތުން ހޯދާ އަމާނާތެއްގެ މަތިން ދިވެހިރާއްޖޭގެ ވެރިކަން އޭގެ އިންސާފުވެރި ގޮތުގައި ކުރުން ކަމަށެވެ. އެކަން ހާސިލު ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން ވެސް އެ ގަވާއިދުގައި ބަޔާން ކޮށްފައި އޮވެ އެވެ.

އެމްޑީޕީގެ އާންމު މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވެސް ވަކި މީހަކަށް ކިޔަމަންވެ ބޯލެނބުމެއް ނޯވެ އެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ލިޔެފައި އޮންނަނީ އެ ޕާޓީގެ ކޮންމެ މެންބަރަކު ވެސް އެ ޕާޓީގެ އަސާސީ ގަވާއިދާއި ސިޔާސަތުތަކާއި އުސޫލުތަކުގެ އިތުރުން ކަނޑައެޅުންތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ.

ޕީއެންސީ އުފެއްދުމުގެ ކުރިން، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ހަރަކާތްތެރިވި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި އޮންނަނީ އެ ޕާޓީގެ މައިގަނޑު މަގުސަދަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭގައި ދިވެހި ރައްޔިތުން އެދޭ ތަރައްގީ އާއި ތަހުޒީބާއި ކުރިއެރުން ހޯދައި ދިނުން ކަމަށެވެ.

މިއަދުގެ މޫސުން


- ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ - ވައިޖެހޭނީ ހުޅަނގު ދެކުނުންނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް ގަދަވޭނެ - ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:35
  • އިރުއަރާ 05:51
  • މެންދުރު 12:06
  • އަޞްރު 15:27
  • މަޣްރިބް 18:14
  • ޢިޝާ 19:30

މުހިއްމު ބައެއް ހަބަރު