Advertisement

ގުޖުރާތު ޕްލޭއޮފަށް ދިޔަސް ބަޓްލާ ނުކުޅޭނެ

16 މޭ 2025 - 12:08 0


ގުޖުރާތު ޕްލޭއޮފަށް ދިޔަސް ބަޓްލާ ނުކުޅޭނެ

16 މޭ 2025 - 12:08 0

މުމްބައި، އިންޑިއާ (މެއި 16) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ޕްލޭއޮފުން ގުޖުރާތު ޓައިޓަންސް އަށް ޖާގަ ލިބުނު ކަމުގައި ވިޔަސް އެ މެޗުތަކުގައި އިންްގްލެންޑުގެ ތަރި، ޖޯޝް ބަޓްލާ ނުކުޅެން ނިންމައިފި އެވެ.

އިންޑިއާ އާއި ޕާކިސްތާންގެ ދެމެދު ހިނގި ހަމަލާތަކާ ހެދި، ހަފްތާ އަކަށް އައިޕީއެލް މެދުކަނޑާލުމަށް ފަހު، މާދަމާ ރޭ ފަށާނެ އެވެ. އައިޕީއެލްގެ ޝެޑިއުލަށް ބަދަލުތަކެއް ގެނައިިއިރު، ކުރިން މި މަހު ކުޅެން އޮތް ފައިނަލް މެޗު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެެވެ. އެހެންވެ، އައިޕީއެލްގައި ކުޅޭ އެކި ގައުމުތަކުގެ ކުޅުންތެރިންނަށް ފަހު މެޗުތަކުގައި ނުުކުޅެވޭ ގޮތް ވަނީ ވެފަ އެވެ.

އެ ގޮތުން، އަންނަ މަހު ވެސްޓް އިންޑީސްއާ ދެކޮޅަށް ކުޅޭ ތިން ވަންޑޭ އިންޓަނޭޝަަނަލް (އޯޑީއައި) އާއި ތިން ޓީ20 މެޗު ސްކޮޑަށް ނެގި އިންގްލެންޑްގެ ކުޅުންތެރިން އަންނަނީ، އައިޕީއެލްގެ ފަހު މެޗުތަކުގައި ނުކުޅެވޭނެކަން ޓީމަށް އަންގަމުންނެވެ.

އައިޕީއެލްގެ އެއް ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް ކުޅެމުން އަންނަ ބަޓްލާ ނިިންމާފައިވަނީ، ލީގު ބުރުގައި ބާކީ އޮތް މެޗުތަކުގައި ކުޅުމަށް ފަހު، އިންގްލެންޑަަށް ދިއުމަށެވެ. އަދި، ޕްލޭއޮފަށް ގުޖުރާތު ދިޔަ ނަމަވެސް، ބަޓްލާ އަށް ކުޅެވެން ނެތްކަން އޭނާ ވަނީ އަންގައިފަ އެވެ.

އެހެންކަމުން، ގުޖުރާތުން ވަނީ، ބަޓްލާގެ ބަދަލުގައި ސްރީ ލަންކާގެ ކުސާލް މެންޑިސް، މި މަހު 26 ވަނަ ދުވަހު އެ ޓީމަށް ގެންނަން ނިންމައިފަ އެވެ.

ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ކުޅެމުން އަންނަ ޖޭކަބް ބެތެލް އާއި މުމްބައި އިންޑިއަންސްގެ ވިލް ޖެކްސް ވެސް، އައިޕީއެލްގެ ލީގު ބުރަށް ފަހު، އިންގްލެންޑް ޓީމުގެ ތައްޔާރީތަކާ ގުޅޭނެ އެވެ.

އައިޕީއެލްގައި މާދަމާރޭ ކުޅޭ މެޗުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ކުޅޭނީ ކަލްކަތާ ނައިޓްރައިޑާސްއާ އެވެ.