Advertisement

ސޮންގެ ދަރިއަކަށް ބަލިވެ އިން ކަމަށް ބުނެ ބްލެކްމެއިލް ކުރާ މައްސަލައެއް

16 މޭ 2025 - 11:48 0


ސޮންގެ ދަރިއަކަށް ބަލިވެ އިން ކަމަށް ބުނެ ބްލެކްމެއިލް ކުރާ މައްސަލައެއް

16 މޭ 2025 - 11:48 0

ސޯލް، ދެކުނު ކޮރެއާ (މެއި 16) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން، ސޮން ހެއުން މިންގެ ދަރިއަކަށް ބަލިވެ އިން ކަމަށް ބުނެ އަންހެނަކާއި ފިރިހެނަކު، ސޮން ބެލްކްމެއިލްކުރާ މައްސަލައެއް ފުލުހަށް ހުށަހަޅައިގެން ކުރިއަށްގެންދަން ފަށައިފި އެވެ.

ދެކުނު ކޮރެއާގެ މީޑިއާއެއް ކަމަށްވާ، ޔޮންހެޕް އިން ރިޕޯޓްކުރާ ގޮތުގައި، ގަންްގްނަމް ޕޮލިސް ސްޓޭޝަނުން ވަނީ ބްލެކްމެއިލް މައްސަލައެއްގައި، އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

އެ ގޮތުން، މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހައްޔަރުކުރި އަންހެން މީހާ އަކީ، މިދިޔަ އަހަރު ސޮންއާ ބައްދަލުކޮށް އޭނާގެ ދަރިއަކަށް ބަލިވެ އިން ކަމަށް ބުނެ، ފައިސާ ހޯދަން ޑިމާންޑްކުރި މީހެކެވެ. އަދި، ހައްޔަރުކޮށްފައިވާ ފިރިހެން މީހާ ވަނީ، މިިދިޔަ މާޗް މަހު ސޮންއާ އެކި ގޮތްގޮތުން ބައްދަލުކޮށް، މި ކަންތައްތަކުގެ ވާހަކަ މީޑިއާގައި ދައްކާނެ ކަމަށް ބުނެ، ފައިސާ ދޭން ސޮން ގާތުގައި ބުނެފަ އެވެ.

ސޮންގެ ވަކީލު މީޑިއާގައި ބުނެފައިވަނީ، މި މައްސަލައިގައި، ވިކްޓިމް އަކީ ކާކުކަން ވަރަށް ރަނގަޅަށް ސާފުވެގެންދާ ކަމަށެވެ. އަދި، މި މައްސަލަ ޕޮލިހަށް ހުށަހަޅައިގެން ކުރިއަށްދާން ސޮން ނިންމީ، މިކަން ދިގުލައި ގޮސް، އޭނާގެ އަނބުރު ގެއްލޭ ފަދަ ވާހަކަތަކެއް ފެތުރިދާނެތީ ވީ އެންމެ އަވަހަށް މި ކަން ހުއްޓުވުމަށް ކަމަށެވެ.

ސޮންގެ ކެޕްޓަންކަމުގައި ކުޅޭ ޓޮޓެންހަމް އިން އަންނަ ބުދަ ދުވަހުގެރޭ، ޔޫރޮޕާ ލީގުގެ ފައިނަލުގައި، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ.