16 މޭ 2025 - 11:01 0
16 މޭ 2025 - 11:01 0
ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ދާލު ޒޯންގައި ނިޔާމަ ޕްރައިވެޓް އައިލެންޑް އާއި ވޮއްމުލި ރިސޯޓް އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
މި މުބާރާތުގެ ދ. ޒޯން މެޗުތައް އިއްޔެ ފެށިއިރު، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ސަން ޝިޔާމް އިރުވެލީގެ 3-2 ގެ ނަތީޖާ އަކުން ނިޔާމަ ވަނީ ބަލިކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނިޔާމަ އަށް ލީޑު ނަގައިދިނީ އަހުމަދު ޝައިހާން ޖެހި ގޯލުންނެވެ. އެކަމަކު، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓްގައި އިރުވެލީގެ އަހުމަދު އަނޫފް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ނިޔާމައިގެ އިބްރާހީމް އަފްސަލް ވަނީ ގޯލު ޖަަހައި އަލުން ނިޔާމަ އަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން އަފްސަލް ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
އެކަމަކު މެޗުގެ ފަހު މިނިޓްގައި އިރުވެލީގެ އަލީ ސުހާން ހަސަން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަންގްސާނާގެ ވެލަަވަރުގެ މައްޗަށް ވޮއްމުލިން ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ފަށައިގެން ސިކުންތުކޮޅެއްގެ ތެރޭގައި ވޮއްމުލީގެ މުހައްމަދު ޝާހް ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެކަމަކު މެޗުގެ ފަސްވަނަ މިނިޓްގައި ވޮއްމުލީގެ ޝަފީއު ހަސަން ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައިރި ކައިރީގައި އަންގްސާނާގެ ޝާހް ވަނީ ދެ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ވޮއްމުލި ފެނިގެންދިޔައީ ތަފާތުކޮށެވެ. ދެވަނަ ހާފު ފަށައިގެން މިނިޓް އެއް ނުވަނީސް ވޮއްމުލީގެ އާމިލް އަލީ ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ 35 ވަނަ މިނިޓްގައި އާމިލް ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މި މެޗުން ވޮއްމުލި މޮޅު ކޮށްދިން ގޯލު މެޗު ނިމެން ދެ މިނިޓް އަށްވެފައި ވަނިކޮށް ޖަހައިދިނީ ވެސް އާމިލް އެވެ.
މި ފަހަރުގެ މުބާރާތުގެ ދ. ޒޯނުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފަ އެވެ.
Comment