Advertisement

ޕިއްޒާ ބޯނާއިން 600 އަށް ވުރެ ގިނަ ޕިއްޒާ ކުޑަކުދިންނަށް ބަހައިފި


ޕިއްޒާ ބޯނާއިން 600 އަށް ވުރެ ގިނަ ޕިއްޒާ ކުޑަކުދިންނަށް ބަހައިފި

ޕިއްޒާ ބޯނާއިން 600 އަށް ވުރެ ގިނަ ޕިއްޒާ ކުޑަކުދިންނަށް ބަހައިފި އެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޕިއްޒާ ބޯނާއިން ކުރިއަށް ގެންދިޔަ ކުރެހުމުގެ ހަރަކާތުގައި ކުރެހުން ހުށަހަޅައިގެން 600 އަށް ވުރެ ގިނަ ޕިއްޒާ ވައުޗަރު ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޑަކުދިންގެ ދުވަހަށް ޕިއްޒާ ބޯނާއިން ހުޅުވާލީ އެތަނުގެ މެނޫއިން އެންމެ ގަޔާވާ ޕިއްޒާ ކުރެހުމަށެވެ. އޭގެ ކޮންމެ ހުށަހެޅުމަކަށް ވަގުތުން ޕިއްޒާ ވައުޗަރަކާއި ސްޓިކާ ޕެކެއް ދިނެވެ.

"މި އަހަރުގެ ހަރަކާތް ކުރީ އަހަރަށް ވުރެ ކާމިޔާބު. ވަރަށް ގިނަ ކުދިން ޕިއްޒާ ކުރަހާފައި ހުށަހެޅި. ކުރީ އަހަރަށް ވުރެ ވެސް މި ފަހަރުގެ ތަރުހީބު މާ ބޮޑު،" ޕިއްޒާ ބޯނާގެ މެނޭޖަރު ބުންޏެވެ.

ކުޑަކުދިންގެ ދުވަހު ޕިއްޒާ ކުރެހުންތައް ޕިއްޒާ ބޯނާ ޓެގް ކުރުމަށްފަހު އިންސްޓަގްރާމަށް އަޕްލޯޑް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. ހިލޭ ޕިއްޒާ ލިބޭ ވައުޗަރަށް މި މެއި މަސް ނިމުމުގެ ކުރިން ޕިއްޒާ ނެގުމަށް ޕިއްޒާ ބޯނާއިން އެދެ އެވެ.

މިދިޔަ އަހަރު ވެސް ޕިއްޒާ ބޯނާއިން ވަނީ ކުޑަކުދިންނަށް 500 އެއްހާ ޕިއްޒާ ހިލޭ ދީފަ އެވެ.