Advertisement

ހުލާސާކޮށް އިއްޔެ: އުޝާމް ރަނގަޅަށް ފަލީހަތްވުން

13 މޭ 2025 - 06:13 2

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: އުޝާމް ރަނގަޅަށް ފަލީހަތްވުން

13 މޭ 2025 - 06:13 2

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރުއަށް މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، އެ ވިދާޅުވާ ވާހަކައަކީ މި އަހަރުގެ ފެބްރުއަރީ މަހު ރައްޓެއްސަކާ ދެއްކެވި ވާހަކައެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް އިއުތިރާފު ވެއްޖެ އެވެ.

ރޭ ބޭއްވި އަހާ ފޯރަމްގައި ބައިވެރިވެވަޑައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް އުޝާމް އާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން އަމާޒުވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ނަމަވެސް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އަޒްމިރާލްދާ ވިދާޅުވާ ވާހަކައަކީ މި އަހަރުގެ ފެބްރުއަރީ މަހު ރައްޓެއްސަކާ ދެކެވުނު ވާހަކައެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު އޭޖެންޓެއް ފޮނުވައިގެން އިންޒާރެއް ނުއެއް ދެން، އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، މި ކަން ދިމާކުރި ގޮތުން މި ރައްޓެއްސަކީ އަޅުގަނޑާއި ޑރ. އަޒްމިރާލްދާ ޒާހިރުއާގެ ވެސް ކޮމަން ފްރެންޑެއް، ދެކެވުނު ވާހަކައެއްގެ ތެރެއިން ދެން އެ މީހަކު އެ ގޮސް ދެއްކި ވާހަކައެއް އެއީ އެލިގޭޝަންއެކޭ އެ ވިދާޅުވަނީ، އެކަމަކު އެއީ އެހެން ދިމާވި ކަމެއް ވެސް ނޫން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް އިސްތިއުފާ ދެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވެސް ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ އެއް މޭސްތިރިއަކީ ދައުލަތުގެ އޭޖީ އަކަށް ހުންނެވި އުޝާމް ކަމަށް ތުހުމަތުކުރާއިރު، އޭނާ އެ ވިދާޅުވާ ރައްޓައްސެއްގެ ގާތުގައި ވިދާޅުވި ވާހަކައަކީ ކޮބައި ކަމެއް ރޭގެ "އަހާ" ޕްރޮގްރާމުގައި ވިދާޅެއް ނުވެ އެވެ.

އުޝާމް ވިދާޅުވީ އެ ވިދާޅުވާ ރައްޓެއްސެއްގެ ގާތުގައި އެ ވާހަކައެއް ދެއްކެވީ ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައިގެ މާކުރިން ކަމަށެވެ. އުޝާމް ވިދާޅުވާ ގޮތުން އެ ވާހަކަ ދެއްކެވީ ފެބްރުއަރީ ކަމު އެވެ.

"އަޅުގަނޑާ އަޅުގަނޑުގެ މިބުނާ ރަހުމަތްތެރިޔާއާ އެބުނާ އޭޖެންޓަކާ ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު، މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު، އޭރަކު އަދި ސުޕްރީމް ކޯޓުގެ މައްސަލައިގެ ހިޔަރިންއެއް އަދި ތާވަލެއް ވެސް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

އުޝާމް މިހެން ވިދާޅުވި ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފެބްރުއަރީ މަހު ފެށުމަށް، ޖެނުއަރީ މަހު އޮތީ ތާވަލުކޮށްފަ އެވެ. އެހެންވެ، އަޑުއަހުންތައް ތާވަލެއް ނުކުރާ ކަމަށް ވިދާޅުވެ އުޝާމް ހެއްދެވީ ކަނޑައެޅިގެން ދޮގެކެވެ.

އަޒްމިރާލްދާ ވިދާޅުވެފައި ވަނީ އޭނާއަށް ނުފޫޒު ފޯރުވީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 24، ގައި ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ ނޮވެމްބަރު 27، ގަ އެވެ. އެހެންކަމުން އުޝާމް މިރޭ ވިދާޅުވި ވާހަކަތަކުން އަޒްމިރާލްދާ ކުރެއްވި ތުހުމަތަށް ބާރު ލިބެ އެވެ.

މިއަދުގެ މޫސުން


- އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. - ވައިޖެހޭނީ ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް - ކަނޑުތައް ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:36
  • އިރުއަރާ 05:52
  • މެންދުރު 12:06
  • އަޞްރު 15:26
  • މަޣްރިބް 18:13
  • ޢިޝާ 19:29

މުހިއްމު ބައެއް ހަބަރު