Advertisement

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބާއްވަން ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއް ހަދައިފި

ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާއެކު ޕާޓްނާޝިޕެއްގައި ސޮއިކުރުން: މިއީ ޓޫރިޒަމް ދާއިރާގެ ފާހަގަކުރެވޭ ބޮޑު އިވެންޓެއް ކަމަށް ދިރާގުން ބުނި -- ފޮޓޯ: ދިރާގު


ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބާއްވަން ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއް ހަދައިފި

އަންނަ ޖޫން މަހު ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމަށް ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

އެ ޕާޓްނާޝިޕްގެ ދަށުން ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެއް ކަމަށް ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމުގައި ހޮޓެލިއާ މޯލްޑިވްސްއާ ގުޅިގެން ދިރާގުން އިސް ދައުރެއް އަދާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ، އަލީ ރިޔާޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން އެ އެވޯޑް ހަފްލާގައި ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ފުރުތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި އެއްލައްކައަށްވުރެ ގިނަ އާންމު ވޯޓުއާއެކު ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި އަހަރުގެ އެވޯޑަށް އެކި ކެޓަގަރީތަކަށް 450 އަށް ވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އައު އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، ހަ ލައްކައަށްވުރެ ގިނަ އާންމު ވޯޓު ވަނީ ލިބިފަ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި، އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.