Advertisement

ކަރަންޓު ބިލުގެ އަދަދުތައް އެއްވަރުވީ މިދިޔަ މަހު ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ބުނެފި

11 މޭ 2025 - 13:59 0

ސްޓެލްކޯއިން ހިންގާ މާލޭ ޕަވާހައުސްގައި ހުންނަ ދުުންހޮޅިތައް: ޑިސްކައުންޓު ދިނީ ހޫނު ގަދަ މަހަކަށް ވާތީ ކަމަށް ޔުޓިލިޓީ ކުންފުނިތަކުން ބުނި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ކަރަންޓު ބިލުގެ އަދަދުތައް އެއްވަރުވީ މިދިޔަ މަހު ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ބުނެފި

11 މޭ 2025 - 13:59 0

ގިނަ ބަޔަކަށް ލިބުނު ކަރަންޓު ބިލުގައި މާޗު މަހާއި ނިމުނު މަހަށް ދައްކަން ޖެހުނު އަދަދު އެއްވަރުވީ، މާޗު މަހެކޭ އެއްފަދައިން މިދިޔަ މަހުގެ ބިލުތަކުން ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ސްޓެލްކޯ އާއި ފެނަކައިން ބުނެފި އެވެ.

ދައުލަތުގެ ޔުޓިލިޓީ ކުންފުނިތަކުން މިހެން ބުނީ، ކަރަންޓު ބިލުގެ އަދަދުތައް އެއްވަރުވީ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވެ، މިއީ ވެސް "އިއްތިފާގެއް" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައިގައި ސްޓެލްކޯ އާއި ފެނަކައިން ވެސް ބުނީ ކަރަންޓު ބިލުގެ އަދަދު އެއްވަރުވީ ރޯދަ މަހެކޭ އެއް ފަދައިން މިދިޔަ މަހުގެ ބިލުތަކުން ވެސް ޑިސްކައުންޓު ދިނުމުން ކަމަށެވެ. ނިމުނު މަހުގެ ބިލުތަކުން ޑިސްކައުންޓު ދިނީ އެ މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވާ މަހަކަށް ވާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.

ކަރަންޓު ބިލުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި މީހުން މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ ކަރަންޓު ބޭނުންކުރި މިންވަރު ތަފާތުވީ ނަމަވެސް ބިލުގައި ހުރި އަދަދު އެއްވަރުވުމުންނެވެ. ޔުޓިލިޓީ ކުންފުނިތަކުން ބުނީ އެއީ ޑިސްކައުންޓު ދިނުމުން ވީގޮތެއް ކަމަށެވެ.

ރޯދަ މަހެކޭ އެއް ފަދައިން މިދިޔަ މަހުގެ ބިލުތަކުން ޑިސްކައުންޓު ދިން ކަމަށް ބުނިއިރު، މި ޑިސްކައުންޓު ދޭން އުޅޭ ކަމަކަށް ކުރިން އިއުލާނެއް ނުކުރެ އެވެ. އަދި މި ޑިސްކައުންޓުގެ ސަބަބުން ކުންފުނިތަކުން އުފުލަން ޖެހޭ މާލީ ބުރަ އުފުލާނީ ކިހިނެއް ކަމެއް ވެސް ނުބުނެ އެވެ.