11 މޭ 2025 - 08:36 2
ޒުވާނުން ސިލްސިލާކޮށް ކުރާ މުޒާހަރާ: ސިންގަޕޫރުން އެދުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެ ނުދާން -- ފޮޓޯ: އަދަދު
11 މޭ 2025 - 08:36 2
ދިވެހިރާއްޖެއަށް ދަތުރު ކުރާއިރު ސަމާލުވާން ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ރާއްޖެއަށް ދަތުރު ކުރާއިރު ސަމާލުވާން ސިންގަޕޫރުން އިލްތިމާސް ކުރިއިރު، މާލޭގައި ދަނީ މުޒާހަރާތަކެއް ކުރަމުންނެވެ.
ދިވެހިރާއްޖޭގައި މިވަގުތު ތިބި ސިންގަޕޫރުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން އިލްތިމާސް ކުރަނީ އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތައް އަޅައި، މާލޭގައި ވާނުވާ ކަންކަން ނޫސްތަކުން އޮޅުންފިލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
މާލޭގެ މަގުތަކަށް ނުކުމެ ޒުވާނުން މުޒާހަރާ ކުރަން ފެށީ މީގެ 18 ދުވަސް އޭޕްރީލް 23، އެވެ. ޒުވާނުން މުޒާހަރާ ކުރަން ފެށީ މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާދު ހޯދައިދިނުމަށް ގޮވައިލަ އެވެ.
ހ. ފެންޓެނޯއީ ގޭގެ އުސް ފަންގިފިލާއަކުން ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ އޭޕްރީލް 18، ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި ޒުވާނުން މުޒާހަރާއަށް ނުކުތީ، ޔުމްނުއާއެކު އޭގެ ކުރިން ރޭ ތިބި ބަޔަކާމެދު ހާއްސަ ގޮތަކަށް ފުލުހުން އަމަލު ކުރުމުންނެވެ.
އެގޮތުން ޔުމްނު ވެއްޓުނު ވަގުތު އޭނާއާއެކު އުޅުނު ރައުދު އަހުމަދު، 21، ހައްޔަރު ކުރަން ފުލުހުން ދެކޮޅު ހެދި އެވެ. އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރެ އެވެ. ޔުމްނު ވެއްޓުނުކަން އެނގި، އެހީތެރިވެނުދީ ރައުދު ދިޔަ ކަމަށް ފުލުހުންނަށް ޝައްކު ކުރެވުމުން ވެސް ފުލުހުން ރައުދު ހައްޔަރެއް ނުކުރި އެވެ.
ޒަރޫރީ ހާލަތެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރުން އަންގާފައިވާ ކަމަށް މި ލިޔުމުގައި ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ސިންގޫޕު ސަރުކާރުން އެންގީ ރާއްޖެއަށް ދަތުރު ކުރާއިރު، ސަމާލުވުމަށެވެ.
Comment