Advertisement

‏އޯވާވޮޗް 2 އާއި ސްޓްރީޓް ފައިޓާ 6 ގުޅިގެން ވާދަކުރަނީ‏

11 މޭ 2025 - 11:31 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


‏އޯވާވޮޗް 2 އާއި ސްޓްރީޓް ފައިޓާ 6 ގުޅިގެން ވާދަކުރަނީ‏

11 މޭ 2025 - 11:31 0

‏އޯވާވޮޗް 2 އާއި ސްޓްރީޓް ފައިޓާ 6 ގުޅިގެން މަސައްކަތްކުރާކަން އިއުލާންކޮށްފި އެވެ.

މި ގުޅުމުގެ ދަށުން، ‏‏ފައިޓިން ގޭމް ސްޓްރީޓް ފައިޓާ 6 އިން އިންސްޕަޔާ ކޮށްފައިވާ ލިމިޓެޑް ޓައިމް ސްކިންތަކެއް އޯވާވޮޗް 2 އަށް ‏‏ތައާރަފްކުރާނެ އެވެ. ‏

‏މި އިއުލާނާއެކު އެނިމޭޓެޑް ޓްރެއިލާއެއް ދައްކާލާފައިވާއިރު، އޭގައި އޯވާވޮޗް 2 އާއި ސްޓްރީޓް ފައިޓާ 6 ގުޅިގެން ‏‏ކުރިއަށްގެންދާ އިވެންޓުގައި ހިމެނޭ އަށް ސްކިން ފެނިގެންދެ އެވެ. މިސާލަކަށް، ހަންޒޯއަށް ރިޔޫގެ ސްކިން، ‏‏ވިޑޯމޭކާއަށް ކެމީގެ ސްކިން، އަދި ޖޫނޯއަށް ޗުން-ލީގެ ސްކިން ލިބިގެންދާނެއެވެ. ‏

‏މީގެ އިތުރުން، ސިގްމާއަށް އެމް ބައިސަންގެ ސްކިން، ވިންސްޓަންއަށް ބްލަންކާގެ ސްކިން، އަދި ‏‏ޒެންޔައްޓާއަށް ދަލްސިމްގެ ސްކިން ވެސް ހިމެނެ އެވެ. އަދި ސޯލްޖާ 76 އަށް ގައިލްގެ ސްކިން އަދި ކިރިކޯއަށް ‏‏ޖޫރީގެ ސްކިން ވެސް މި ކޮލެބޮރޭޝަންގައި ހިމެނެ އެވެ. ‏

‏ސްޕްރޭތަކާއި، ހަތިޔާރު ޗާމްސް ފަދަ އިތުރު އައިޓަމްތަކެއް މި ކޮލެބޮރޭޝަންގައި ހިމެނޭނެކަމެއް އަދި ހާމަކޮށްފައެއް ‏‏ނުވެ އެވެ. މި ގުޅުން ރަސްމީކޮށް ފެށިގެންދާނީ މެއި 21، 2025 ގައެވެ‏‎.‎

‏މިކަން އިއުލާންކޮށްފައިވަނީ، އެފްޖީސީ (ފައިޓިންގ ގޭމް ކޮމިއުނިޓީ) ގެ އެންމެ ބޮޑެތި އިވެންޓްތަކުގެ ތެރޭގައި ‏‏ހިމެނޭ އީވޯ ޖަޕާން 2025 ގަ އެވެ. އީވޯ ޖަޕާން 2025 މެއި 9 އިން މެއި 11، 2025 އަށް ކުރިއަށްދާނެ އެވެ. މިފަދަ ‏‏ދެ މަޝްހޫރު ވާދަވެރި ގޭމެއް ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ‏

‏އޯވާވޮޗްގެ މަންޒަރުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް މި ގުޅުން އެހާ ބޮޑު ސަޕްރައިޒަކަށް ނުވެދާނެ އެވެ. ‏‏ސަބަބަކީ، އޯވާވޮޗް 2 އާއި ސްޓްރީޓް ފައިޓާ 6 ގުޅިގެން މަސައްކަތްކުރާ ވާހަކަތައް މީގެ ކުރިން ޕްލޭސްޓޭޝަން ‏‏ސްޓޯރުން ލީކްވެފައިވާ ކަމަށް ބުނެ، ދައުރުވަމުން ގޮސްފައިވާތީ އެވެ‏‎.‎

‏ފޭނުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ހުރިހާ އެންމެންގެ ފަރާތުން ތައުރީފެއް ‏‏ނުލިބެ އެވެ. ބައެއް ފަރާތްތަކުން ވަނީ ކިރިކޯއަށް އަނެއްކާ ވެސް ކޮލެބް ސްކިނެއް ލިބުމުން ހިތްހަމަނުޖެހުން ‏‏ފާޅުކޮށްފަ އެވެ. ހަމަ އެހެންމެ، ޖޫނޯއަށް ވެސް އަނެއްކާ ވެސް ކޮލެބް ސްކިނެއް ލިބުމުންވެސް ބައެއް ފަރާތްތަކުން ‏‏ފާޑުކިޔާފައިވެ އެވެ. ‏

‏އޯވާވޮޗް 2 އިން ފަހަކަށް އައިސް ގިނަ ކޮލެބޮރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މިދިޔަ ހަފްތާގައި ވެސް، ‏‏ގަންޑަމް ވިންގްގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ސްކިން އިވެންޓެއް ބާއްވާފައިވެ އެވެ.

އެ އިވެންޓުގައި، ވަކިވަކި ‏‏ސްކިންތައް 2،800 އޯވާވޮޗް ކޮއިން (ގާތްގަނޑަކަށް 30 ޑޮލަރު ނުވަތަ 23 ޕައުންޑް) އަށް ވިއްކާފައިވާއިރު، ‏‏ބަންޑަލް ވިއްކާފައިވަނީ 5،900 އޯވާވޮޗް ކޮއިން (ގާތްގަނޑަކަށް 60 ޑޮލަރު ނުވަތަ 46 ޕައުންޑް) އަށެވެ. މިފަހަރު ‏‏އަށް ސްކިން ހިމެނޭތީ، އަގުތައް މިއަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްކޮށްފައިވެ އެވެ‏‎.‎